އިންގިލާބީ ބަދަލެއްގެ ފެށުން | ފައިނޭންޝަލް ސެންޓަރުގެ ބިންގާ އަޅައިފި

ހުޅުމާލޭ ފޭސް 3 ގެ އާބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ރަމްޒީ ބިންގާ އިފްތިތާހުކޮށްދެއްވީ މިނިސްޓަރު މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިހް ނާއިފް ބިން އީދު އަލް ތާނީ
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ގާއިމްކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ބިންގާ މިއަދު އަޅައިފިއެވެ.
ހުޅުމާލޭ ފޭސް 3 ގެ އާބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ރަމްޒީ ބިންގާ އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިހް ނާއިފް ބިން އީދު އަލް ތާނީ އެވެ.
ފްރީޒޯނެއް ހިމެނޭހެން ރާއްޖޭގައި ތަރައްގީ ކުރާ މާލީ ސެންޓަރުގެ ވާހަކަ ދުނިޔޭގެ ބޮޑެތި ހުރިހާ މާލީ އަދި އިގްތިސޯދީ ނޫހެއްގައި ޖަހާފައިވާއިރު، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ޗީފް އެގްޒެޓިވް ނަދީމް ހުސެއިން ފައިނޭންޝަލް ޓައިމްސް (އެފްޓީ) އަށް ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފިޔަވަހިތަކަށް ބަހާލައިގެން ރާއްޖޭގައި ކުރާ 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ) ގެ ބިޔަ އިންވެސްޓްމަންޓުގެ ތެރޭން މި ވަގުތު ވެސް 5 ބިލިއަން ޑޮލަރު ވަނީ ޔަގީން ކުރެވިފަ އެވެ.
ރާއްޖޭގެ ފްރީޒޯން ހަދަން ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީ އެވެ. މި ހަފުލާގައި ސައުދީ އަރަބިއްޔާ އަދި ބައެއް އެހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިން ވަނީ މި މަޝްރޫއުގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް މުއިއްޒަށް އެ ބޭފުޅުންގެ ސިޓީ އަރުވާފަ އެވެ. 
އެމްއައިއެފްސީން ބުނީ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކުރަން ނިންމާފައިވަނީ 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށެވެ، އަދި މި ތަނަށް ދުވާލަކު 35،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބަލައިގެންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ