ހުޅުމާލޭގައި މިރޭ ޢީދު ހުޅު ރޯ ކުރަނީ

މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.
ޢީދުގެ ހަރަކާތްތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިރޭ އޮތީ ވެދުމާއި ދިޔުމާއި ޢީދު ހުޅު ރޯކުރުން އަދި ބޮޑުބެރުގެ ހަރަކާތްތަށްކަން ފާހަގަކޮށްލަން ޖެހެއެވެ.
ބައެއް އިދާރާތަކާއި މުއައްސަސާތައް ގުޅިގެން މާލެ ސަރަހައްދުގައި ޢީދާއި ގުޅިގެން އެކިކަހަލަ ހަރަކާތްތަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
މާދަމާ ޢީދު ނަމާދަށްފަހު ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމްގައި އުލްހިޔާ ކަތިލުމުގެ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދިހަމަ އެހެންމެ، މާދަމާ 16:00ން ފެށިގެން 17:00 އާއި ހަމައަށް ވޯޓާ ސްޕޯޓްސް އިވެންޓެއް ހުޅުމާލޭ ރުއްގަނޑު އެކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރުު، މާދަމާއިން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށް ކުޑަކުދިންގެ ހަވީރެއް ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަޤާފަތާއި، ޒަމާންވީ އާދަކާދަތަކާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުމަށް ހަމަޖެހިފައިވުމުގެ އިތުރުން އިހުގެ ޒަމާނީ ކެރެކްޓާތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއަހަރުގެ އަޟްހާ ޢީދު ގައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރުމަށް ހަމަޖައްސާފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫގެ އިތުރުން ހއ. ކެލާއެވެ.
ޢީދު ފާހަގަކުރުމުގައި އިސްލާމީ ހުދޫދުތަކުގެ ތެރެއިން ޢީދު ފާހަގަކުރުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ