ޙަސަދަވެރިން ބަލިކުރެވެން އޮތް ގޮތަކީ ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވެވުމެވެ. ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވެވުމެވެ. ވީމާ ޙަސަދަވެރިން ކުރާ ކަންކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. ޙަސަދަވެރިން ބަލިކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެއީއެވެ.
މީސްތަކުންގެ ހިތުގައި ޙަސަދަވެރިކަން ބޮޑުވެގެންގޮސް ޖެހޭ ވަރަށް ކުދިކުދި ކަންކަންވެސް އެއީ ވަރަށް ބޮޑެތި ކަންކަން ކަމަށް ހަދައި ވާހަކަދެއްކުން އެބަ ހުއްޓާލައެވެ. މީގެތެރޭގައި ފަހަރިންނާއި ޅިޔަނުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ އިތުރުން މައިންބަފައިންނާއި ގުޅުން ހުންނަ ކަންކަން ވެސް އެބަހުރެއެވެ.
މިގޮތުން އަންހެންދަރިފުޅުގެ ފިރިމީހާ އެދޭ ކަމެއް ކޮށްނުދިނުން ފަދަ ކަންކަމުގައިވެސް ވާހަކަދެއްކުން އެބަ ހުއްޓާލައެވެ. މިއީ ކުރެވޭ ވަރަށް ގޯސްކަމެކެވެ. ކަމަކަށް ބޭނުންވެގެން އެދުނީއެވެ. ކޮށްދެވެން އޮތްނަމަ ކޮށްދިނުމަކީ އެމީހުންގެ ކަމެކެވެ. ކޮށްނުދިންނަމަވެސް އެކަން އެއީ ޙަސަދަވެރިވާންޖެހޭވަރުގެ ކަމަކަށް ނުހަދާށެވެ. ޙަސަދަވެރިވުމުގެ ބަދަލުގައި އެދުނު ކަންތައް މިފަހަރުކޮށްނުދިންނަމަވެސް ދެންފަހަރަކުން ކޮށްދޭނެކަމަށް ހިތުގައި ބާއްވައި ގުޅުން ދަމަހައްޓާށެވެ.
އެދުނު ކަންތައް ކޮށްނުދިނުމުންވެސް ހިތްހެޔޮކުރުމަކީ އެމީހުންގެ ހިތުގައި ރަޙުމް އުފެދޭނެ ކަމެކެވެ. ދެން ފަހަރަކު އެދޭ ކަންތައް ކޮށްދޭން ބޭނުންވާނެ ސަބަބެކެވެ.
ދަރިން މައިންބަފައިންނާއިމެދު ކަންކަން ކުރުމުގައިވެސް އަދި ޅިޔަނުންނާއި ފަހަރިންނާއި އަޚުންނާއި އުޚުތުންގެ މެދުގައިވެސް އަދި ކޮންމެ މީހުންނާއި މުޢާމަލާތުތައް ކުރުމުގައިވެސް މިރިވެތި ގޮތް ހިފަހައްޓަން މަސައްކަތްކުރާށެވެ. ކުރާ ފައިދާ މާބޮޑުވާނެއެވެ.
މިފަދަ ކަންކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
އެއް މުސްލިމަކު އަނެއް މުސްލިމެއްދެކެ ރުޅި އައިސްގެން ތިންދުވަހަށްވުރެ ގިނަދުވަސް ވަން ދެން ވާހަކަ ނުދައްކާ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ.
«لاَتَبَاغَضُواوَلاَتَحَاسَدُواوَلاَتَدَابَرُواوَكُونُواعِبَادَاللَّهِإِخْوَانًاوَلاَيَحِلُّلِمُسْلِمٍأَنْيَهْجُرَأَخَاهُفَوْقَثَلاَثِلَيَالٍيَلْتَقِيَانِيَصُدُّهَذَاوَيَصُدُّهَذَاوَخَيْرُهُمَاالَّذِىيَبْدَأُبِالسَّلاَمِ»
މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކަށް ރުޅި ނުވާށެވެ. އަދި އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ. އަދި އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުންނީ ﷲ ގެ އަޅު އަޚުންތަކެއް ކަމުގައިވާށެވެ. ތިންދުވަހަށްވުރެ ގިނަދުވަހަށް މުސްލިމް އަޚާދެކެ ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުރުން ހުއްދަވެގެން ނުވެއެވެ. ދެމީހުން އެކަކު އަނެކަކަށް ބައްދަލުވާ ހިނދު އެކަކު އަނެކަކަށް ފުރަގަސްދެނީއެވެ. މީގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ ސަލާމް ގޮވާފައި ވާހަކަ ދައްކަން ފަށާމީހާ އެވެ".
ނަމަވެސް މުސްލިމް އަޚާ އާއި ވާހަކަ ދެއްކުން ހުއްޓާލީ އޭނާ އަކީ ފާފަ އަކަށް އަރައިގަތުމުގައި ދެމިހުރި މީހަކަށްވާތީވެ، ވާހަކަ ނުދައްކާ ހުރުމުން އޭނާ އެކަމުން ދުރުހެލިވެދާނެ ކަމަށްޓަކައިނަމަ މައްސަލަ އެއް ނެތެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ.
«مَنْرَأَىمُنْكَرًافَاسْتَطَاعَأَنْيُغَيِّرَهُبِيَدِهِفَلْيُغَيِّرْهُ،فَإِنْلَمْيَسْتَطِعْبِيَدِهِفَبِلِسَانِهِ،فَإِنْلَمْيَسْتَطِعْبِلِسَانِهِفَبِقَلْبِهِوَذَلِكَأَضْعَفُالإِيمَانِ» މާނައަކީ: "ތިޔަބައިމީހުންނަށް މުންކަރާތެއް ފެނިއްޖެނަމަ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަމެއް އަތުން މަނާ ކުރާހުށިކަމެވެ. އެކަމަށް ކުޅަދާންކަން ލިބިގެން ނުވާނަމަ ދުލުން މަނާ ކުރާ ހުށިކަމެވެ. އެކަމަށްވެސް ކުޅަދާނަކަން ލިބިގެން ނުވަ މީހާ ހިތުން މަނާ ކުރާ ހުށިކަމެވެ. އެއީ އީމާން ކަމުގެ އެންމެ ދަށު ދަރަޖައެވެ". واللهأعلم
ކިތަންމެ ބޮޑަށް ހިތްހަމަނުޖެހޭ ކަމެއް ކުރިޔަސް އެމީހަކަށް ހިތްހެޔޮކޮށް ވާހަކަދެއްކުމަކީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް އޮތް ފަސޭހަ މަގެއް! ވާހަކަ ނުދެއްކުމުން ލިބޭނެ ގެއްލުން މާބޮޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ