ކަރަންޓު ކޭބަލްތަކެއް ބުރިކުރިކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.މި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކޮށްފައި ވަނީ، ށ. މިލަންދޫ، ނަސީމީވިލާ އިސްމާއިލް ސަލީމެވެ.ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތަކެއް ބުރިކޮށް، ގެއްލުން ދީފައިވާ މައްސަލައެއްގައި ކަމަށެވެ.އެ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ