ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000ރ. ހޯދުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.
ތަފްސީލް - މިއީ ހަފްތާއަކު ޖުމްލަ 300ރ.އަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000ރ. ލިބޭ ޕްރޮމޯޝަނެކެވެ.
މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީބީއާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ފާހަަގަކޮށްލެވޭ - އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.
ރީލޯޑްކޮށްގެން 60،000ރ. ހޯދުމުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ