މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވަން ނިންމީ ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދި މައްސަލައި މަޖިލީހަށް މިއަދު ހާޒިރު ކުރަން އެޖެންޑާ ކުރުމަށްފަހު ކަމަށް ސުވާލު ހުށަހެޅި މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް ވިދާޅުވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް، ހަނާން ހުސެއިން ރޭ ގުޅުއްވައި އިހުސާން އާ ކޮށްފައި އޮތް ސުވާލު ކުރުމަށް އަދިވެސް ބޭނުންވޭތޯ އެެއްސެވި ކަމަށާއި މިއަދުގެ ޖަލްސާއަށް އިހުސާން ހާޒިރު ކުރުމަށް އެޖެންޑާ ކުރާ ވާހަކަ ދެންނެވި ކަމަށެވެ.
"ރޭގައި ޑީއެސްޖީ, ގުޅުއްވާފައި އެއްސެވީ އިހުސާން އާ ކޮށްފައި އޮތް ސުވާލު އަދިވެސް ކުރަން ބޭނުންހެއްޔޭ ވަރަށް ގިނަ ދުވަސްވެފައި އޮތީމާ، އަޅުގަނޑު ދެންނެވިން އާނ އެކޭ ބޭނުމޭ އެ ސުވާލު ކުރަން، ދެންނެވީމާ ވިދާޅުވީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރާ ވާހަކަ،" މީކާއިލް ވިދާޅުވި އެވެ.
ނަމަވެސް އޭގެފަހުން ގުޅުއްވާފައި މިއަދު ޖަލްސާއެއް ނޯންނާނެކަން އެންގެވި ކަމަށް މީކާއިލް ވިދާޅުވި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ނުބާއްވާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެ އެވެ. މަޖިލިސް ގަވާއިދުގައި ކޮންމެ ހަފުތާއަކު ތިން ފަހަރު ޖަލްސާ ބާއްވަންޖެހެ އެވެ. އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ނަމަވެސް މިދިޔަ ހަފުތާ ނޫނީ މި ދައުރުގައި ގަވާއިދުން އެއްވެސް ހަފުތާއެއްގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވަ އެވެ.
ވަގު ފޯމު މައްސަލައިގައި އިހުސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް މީކާއިލް އެދިވަޑައިގަތީ މިދިޔަ ޖެނުއަރީ 14، ގަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެންބަރަކު މިނިސްޓަރަކާ ސުވާލު ކުރަން މަޖިލިސް މެދުވެރިކޮށް ނޯޓިސް ފޮނުވާތާ 14 ދުވަހުގެ ތެރޭގައި މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަން ޖެހެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވަން ނިންމީ ވަގު ފޯމު މައްސަލައިގައި އިހުސާން ހާޒިރު ކުރަން ނިންމާފައި އޮއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވަން ނިންމީ ވަގު ފޯމު މައްސަލައިގައި އިހުސާން ހާޒިރު ކުރަން ނިންމާފައި އޮއްވައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ