ފާއިތުވި ހަތަރު ދުވަހު އިންޑިއާގެ އިރުއުތުރު ސަރައްދުތަކަށް މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ މިހާތަނަށް 34 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފި އެވެ.
ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާއި ކިސަޑު ފޭބުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.
މި ކާރިސާގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އައްސާމް އަދި އަރުންޗަލް ޕްރަދޭޝް އަށެވެ. ވިއްސާރައިގެ އަސަރު ކުރި ހުރިހާ ސްޓޭޓަކަށް ވެސް އެ ގައުމުގެ އަސްކަރިއްޔާގެ ރެސްކިއު ޓީމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިރުއުތުރު އިންޑިއާ އާ ބޯޑަރު ހިއްސާކުރާ ބަންގްލަދޭޝްގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އެ ގައުމުގައި ވެސް އެތައް ހާސް ބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
ހިމާލިޔާ ފަރުބަދަތަކުގެ ގަނޑުފެންތަކުން އުފެދިފައިވާ ބްރަމަޕޫތުރާ ކޯރު ފުރިގެން ބަންޑުންވެ އެތައް ސަހަރަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ދެކުނު އޭޝިއާގެ މޫސުމީ ޕެޓާންތަކަށް ބަދަލު އަންނަމުންދާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
އިރުއުތުރު އިންޑިއާގައި ފެންބޮޑުވެ 34 މީހުން މަރުވެއްޖެ އިރުއުތުރު އިންޑިއާގައި ފެންބޮޑުވެ 34 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ