މަޝްރޫއުތަކަށް ބަޖެޓު ކުރި ފައިސާ ހަރަދު ނުކުރާތީ އަހަރު ދެބައިވާން ކައިރިވާއިރު، ދައުލަތުގެ ބަޖެޓު ސާޕްލަސް އެއް ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހާ ހައަމަށް އާމްދަނީއަށް 16.5 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 15.3 ބިލިއަން ރުފިޔާ އެވެ. މިއީ އެކީ ޕްރައިމަރީ ބެލެންސް 3.2 ބިލިއަން ރުފިޔާ ސާޕްލަސް ވެފައިވާއިރު، އޮވަރޯލް ބެލެންސް ހުރީ 1.2 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރުން އަހަރުގެ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރީ ލޯނުތައް ދެއްކުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އެލަވަންސް ދިނުމަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ ފައިނޭންސް ކުރުމަށާއި އިންޓްރެސްޓު ދެއްކުމަށެވެ.
ރިކަރަންޓު ހަރަދުތަކުގެ ޖުމްލަ 13.8 ބިލިއަން ރުފިޔާގައި ހުރިއިރު، ކެޕިޓަލް ހަރަދުތައް ހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ. ކެޕިޓަލް ހަރަދުތަކަށް ހޭދަ ކުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ހަރަދުކުރީ އުމްރާނީ ތަރައްގީއަށެވެ.
ހަރަދުގެ ދާއިރާތަކަށް ބަލާއިރު، ސަބްސިޑީ ދިނުމަށް ކުރި ހަރަދު ކުރީ އަހަރަށް ވުރެ 400 އެއްހާ މިލިއަން ރުފިޔާ މަދެވެ. އެކަމަކު މިއީ ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލެއްގެ ސަބަބުން ކުޑަކުރެވިފައިވާ ހަރަދުތަކެއް ނޫނެވެ. ބޮޑަށް ބެލެވެނީ ސަބްސިޑީގެ ގޮތުގައި ކުންފުނިިތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫނުކުރަނީ ކަމަށެވެ.
އަހަރުގެ މިހާތަނަށް 16.5 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބިފައިވާއިރު، މިއީ ކުރީ އަހަރަށް 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ ޓެކްސްއަށް ލިބުނު 12.9 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުތގައި ލިބުނު 3.4 ބިލިއަން ރުފިޔާ އެވެ. މި އާމްދަނީގެ ބޮޑު އިންސައްތައަކީ ޓޫރިޒަމް ދާއިރާއިން ދައްކާފައިވާ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތަކެވެ.
އަހަރު ދެބައިވާއިރު ސާޕްލަސް ބިލިއަން ރުފިޔާއިން މަތީގައި ހިފަހައްޓާފައި އަހަރު ދެބައިވާއިރު ސާޕްލަސް ބިލިއަން ރުފިޔާއިން މަތީގައި ހިފަހައްޓާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ