ލިވަޕޫލުގެ ސީނިއާ ޓީމުގެ އޮފިޝަލުންތަކެއް ރާއްޖެ އައިސްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖެ ޕްރޮމޯޓްކުރަން ލިވަޕޫލް ފުޓްބޯލް ކްލަބާއެކު ވީ އެއްބަަސްވުމާއެކު އެ ކްލަބުގެ ސީނިއާ ޓީމުގެ އޮފިޝަލުން ރާއްޖެ އައިސްފިއެވެ. ކްލަބުގެ އިސް އޮފިޝަލުންގެ މި ދަތުރުގައި އިސްކޮށް ހުންނެވީ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލްއާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒާއެވެ. މި ދަތުރުގައި ލިވަޕޫލް އެފްސީގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި ކެބިނެޓުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. މި މަޝްވަރާތަކުގެ މަޤްސަދަކީ އެއްބާރުލުން އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އާ ސްޓްރެޓެޖީތައް ހެދުމާއި، ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެދިނުމެވެ. ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް މި އަހަރު އެ ކްލަބުގެ މިޑް ސީޒަންގައި ހަމަޖެއްސުމާ ގުޅިގެން، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ފެނިފައެވެ. އެމްއެމްޕީއާރްސީން ބުނީ، މި ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އެއް ޕްލެޓްފޯމްގައި ރާއްޖެ ހިމެނި، ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ވިޒިބިލިޓީ އާއި ބްރޭންޑް ރިކޮގްނިޝަން ރަނގަޅުވާނެ ކަމަށެވެ. އެމްއެމްޕީއާރްސީން ބުނި ގޮތުގައި، އަންނަ އޮގަސްޓް މަހު ފަށާ 2025/26 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ވަނީ ޝެޑިއުލްކޮށްފައެވެ. މިގޮތުން ލިވަޕޫލް އެފްސީގެ ކުޅުންތެރިން ހިމެނޭ ވީޑިއޯ ކޮންޓެންޓާއި ބައިނަލްއަގުވާމީ މުހިންމު ކެމްޕެއިނެއް އަންނަ ޖޫން މަހު ފަށަން ހަމަޖެހިފައިވެއެވެ. ލި ވަޕޫލް އެފްސީއަށް ވަރުގަދަ އަދި ޚާއްސަ ފޭންބޭސްއެއް އޮންނަ އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، މެދުއިރުމައްޗާއި އޭޝިއާ ފަދަ އަގުބޮޑު މާކެޓްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ރާއްޖެ އަކީ ކުރިއަރަމުން އަންނަ އަދި ފަތުރުވެރިކަމުގެ ތަފާތު ޑެމޮގްރަފިކްތަކުގައި އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި ފޯކަސްޑް ސްޓްރެޓެޖީގެ ބޭނުމަކީ އެފްލުއަންޓް ފަތުރުވެރިން ގެނައުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ