ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނާއި ށ. ފަރުކޮޅުގައި ނޭޗާ ޕާކު ހަދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ބުނީ އެ ދެ ރަށުގައި ނޭޗާ ޕާކު ހަދަނީ ކޮންމެ އަތޮޅެއްގައި ވެސް ނޭޗާ ޕާކެއް ހަދަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކަމަށެވެ.
މިއަދުގެ އެއްބަސްވުމުގެ ދަށުން ހަދާ ނޭޗާ ޕާކުތަކުގެ ސަބަބުން ޓުއަރިޒަމް ދާއިރާ ސިންދަފާތުވުމަށް މަގުފަހިވެ، އެ ރަށްތަކުގެ ގުދުރަތީ ރީތިކަން ބަލައިލުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ކޭލަކުނަކީ އާދަޔާ ހިލާފަށް ގަސް ގިނަ ރަށެކެވެ. ރާއްޖޭގެ ހަމައެކަނި ޖަންގަލީގެ ގޮތުގައި ބެލެވޭ ހިސާބު އޮންނަނީ ވެސް އެ ރަށުގަ އެވެ. އެ ސަރަހައްދުގައި ހެދިފައި ހުންނަނީ ބަރުގަހެވެ. ބަރުގަހަކީ ކޭލަކުނު ނޫން ދުނިޔޭގެ އެއްވެސް ތަނެއްގައި ބައިބޯކޮށް ހެދޭ އެއްޗެއް ނޫނެވެ.
ފަރުކޮޅަކީ ވެސް ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ ބޮޑު ބައިގައި އޮންނަނީ ގަސް ހެދިފަ އެވެ. ފަރުކޮޅަކީ ރާއްޖޭގެ އެންމެ ރީތި ކުޅި އޮންނަ އެއް ރަށެވެ. އެ ރަށަށް ހާއްސަ ދޫންޏާއި ބައެއް އެހެން ޖަނަވާރު ފަރުކޮޅުގައި އުޅެ އެވެ.
ހިމާޔަތްކޮށްފައިވާ ކޭލަކުނާއި ފަރުކޮޅުގައި ނޭޗާ ޕާކު ހަދަނީ ހިމާޔަތްކޮށްފައިވާ ކޭލަކުނާއި ފަރުކޮޅުގައި ނޭޗާ ޕާކު ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ