ވައިގެ މަގުން އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑްރަގު އަތުލައިގެންފި

ވައިގެެ މަގުން ރާއްޖެއަށް
އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން
މިރޭ އަތުލައިގެންފި އެވެ.
ވީކިހިނެއް؟ - ކަސްޓަމަސްއިން ބުނި ގޮތުގައި މި ތަކެތި
އަތުލައިގަތީ،  ވައިގެ މަގުން ރާއްޖެ
އެތެރެކުރި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު
އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް
ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
ތަފްސީލް - އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން (Methamphetamine) އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މި ތަކެތީގެ
ބަރުދަނުގައި ޕެކިން އާއި އެކު ޖުމްލަ 3.6 ކިލޯގްރާމް
ހުރި އިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި
ރުފިޔާ ކަމަށް ކަސްޓަމްސްއިން ލަފާކުރެވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ