ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޗީފް ފައިނޭންޝަލް އޮފިސަރުން (ސީއެފްއޯ) އާއި ޗީފް އިންޓާނަލް އޮޑިޓަރުން (ސީއައިއޯ)ގެ މަގާމަށް ކުރިމަތިލުމުގައި އަމަލު ކުރާނެ އާ އުސޫލެއް އެކުލަވާލައިފި އެވެ.
ވީ ކިހިނެއް؟- ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނިގޮތުގައި، އެ ބަދަލު ގެނައީ އެ މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ރިއާޔަތްކޮށް، ވީހާ ވެސް ގިނަ ބަޔަކަށް މަގާމަށް ކުރިމަތިލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. އެތަނުން ބުނީ:
އެއާ އެއްގޮތަށް އާ 'މިނިމަމް ރިކުއާމެންޓް'އެއް އެކުލަވާލާފައިވާ ކަމަށް
އަދި އެ ފަރާތްތަކަކީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންނަށް އަދި މަސްލަހަތުވެރިންނަށް ޖަވާބުދާރީ ވެވޭނެ ތައުލީމީ އަދި ތަޖުރިބާހުރި ބަޔަކަށް ވުމަށްޓަކައި، މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމުގައި ވެސް އާ އުސޫލެއް އެކުލަވާލާފައިވާ ކަމަށް ބުނި
ބޯޑުން ބުނިގޮތުގައި މިއީ ގާނޫނުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި ގާނޫނެއް ކަމަށެވެ. އަދި މި އުސޫލަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން، ކުރިން އަމަލު ކުރަމުން އައި އުސޫލު ބާތިލްވާނެ ކަމަށް ބުންޏެވެ.
މި އުސޫލަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން، މީގެ ކުރިން އަމަލު ކުރަމުން އައި މިނިމަލް ރިކުއަމެންޓް ޗީފް އިންޓާނަލް އޮޑީޓާ ފޯ ސްޓޭޓް އޯންޑް އެންޓަޕްރިައޒަަް ބާތިލްވާނެ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެފްއޯ އާއި ސީއައިއޯއިން އައްޔަން ކުރުމަށް އާ އުސޫލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ