އީސްޕޯޓްސް ދާއިރާގައި ބޭނުންކުރާ އެންމެ މުހިންމު މުވާޞަލާތީ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ޑިސްކޯޑްގެ ބާނީ ޖޭސަން ސިޓްރޮން، ކުންފުނީގެ ސީއީއޯގެ މަގާމުން އަންނަ ހަފްތާގައި އިސްތިއުފާ ދޭނެކަން ހާމަކޮށްފި އެވެ.
މިދިޔަ ހަފްތާގައި ޑިސްކޯޑްގެ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ޖޭސަން ސިޓްރޮން ވިދާޅުވެފައިވަނީ 28 އޭޕްރިލް އިން ފެށިގެން ހިއުމާމް ސަކްނީނީ ސީއީއޯގެ މަގާމާ ހަވާލުވަޑައިގަންނަވާނެ ކަމަށެވެ. އީސްޕޯޓްސް އިންޑަސްޓްރީއަށް މުހިންމު ބަދަލެއް ގެނެސްދޭނެ މި ބަދަލާއެކު، ސިޓްރޮން ޑިސްކޯޑްގެ ޑިރެކްޓަރުންގެ ބޯޑުގައި ހުންނަވަން ނިންމަވާފައިވާ އިރު، އަލަށް ސީއީއޯގެ ލަފާދޭ މަޤާމެއްވެސް ފުރުއްވާނެއެވެ.
ސަކްނީނީއަކީ އީސްޕޯޓްސް ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެކެވެ. އެކްޓިވިޝަން ބްލިޒާޑްގެ ޗީފް ސްޓްރެޓެޖީ އޮފިސަރެއްގެ ގޮތުން، އޯވަރވޮޗް ލީގް، ކޯލް އޮފް ޑިއުޓީ ލީގް އަދި ވޯލްޑް އޮފް ވޯކްރާފްޓް އީސްޕޯޓްސް މުބާރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާފައިވެއެވެ. އޭނާއަކީ ކިންގްގެ ސީއެފްއޯ އަދި ފަހުން ޕްރެޒިޑެންޓްގެ މަޤާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު 2023 ޑިސެމްބަރާ ހަމައަށް އެކްޓިވިޝަން ބްލިޒާޑްގެ ވައިސް ޗެއަރމަންގެ މަޤާމްވެސް ފުރުއްވާފައިވެއެވެ.
ޑިސްކޯޑަކީ އީސްޕޯޓްސް ޓީމްތަކުގެ މުވާޞަލާތު، ޓްރެއިނިންގ އަދި ސްޓްރެޓަޖީ ބައްދަލުވުންތަކަށް މުހިންމު ޕްލެޓްފޯމެކެވެ. މީގެ އިތުރުން ގިނަ އީސްޕޯޓްސް ޖަމާޢަތްތަކުގެ ރަސްމީ ކޮމިއުނިޓީ ސާރވަރުތައް ހިންގަނީވެސް ޑިސްކޯޑް މެދުވެރިކޮށެވެ. އެހެންކަމުން، މި ލީޑަރޝިޕް ބަދަލާއެކު ޑިސްކޯޑުން އީސްޕޯޓްސް ދާއިރާއަށް ދޭ އަހައްމިއްޔަތުކަން އިތުރުވާނެކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ.
"ޑިސްކޯޑްއަކީ ގޭމިންގ އަދި އީސްޕޯޓްސް އީކޯސިސްޓަމްގެ މުހިންމު ބައެއްގެ ގޮތުގައި މިލިއަނުން ގިނަ ކުޅުންތެރިންނާއި، ޑިވެލޮޕަރުން އަދި ޕްރޮފެޝަނަލް ޓީމްތައް ބަރޯސާވާ ޕްލެޓްފޯމެކެވެ، އަޅުގަނޑު އުންމީދުކުރަނީ ސްޓޭން އަދި ޑިސްކޯޑްގެ ޓީމާއެކު ބިޒްނަސް ކުރިއަރުވައި، ކުންފުނީގެ މައި މިޝަނަށް އަމާނާތްތެރިކަމާއެކު މަސައްކަތްކުރުމަށެވެ. އަޅުގަނޑުމެން އަދިވެސް މިތިބީ މުނިފޫހިފިލުވުމުގެ ދާއިރާގައި ގޭމިންގ ގެންނަ ބަދަލުތަކުގެ ފެށުމުގައެވެ. އަދި ޑިސްކޯޑްއަކީ މި މުސްތަޤްބަލުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްލެޓްފޯމެކެވެ." ސަކްނީނީ ވިދާޅުވިއެވެ.
ޑިސްކޯޑްގެ މި ބަދަލާއެކު، ކުންފުނިން ޕަބްލިކް ކުންފުންޏަކަށް ބަދަލުވުމުގެ މަސައްކަތް އަވަސްވާނެކަމަށް ބެލެވެއެވެ. މީގެ ސަބަބުން އީސްޕޯޓްސް ދާއިރާގައި ޑިސްކޯޑް ޕްލެޓްފޯމް އިތުރަށް ޚާއްޞަކުރެވި، އީސްޕޯޓްސް ޓީމްތަކަށާއި ބްރޯޑްކާސްޓަރުންނަށް ޚާއްޞަ ފީޗަރތައް ތަރައްޤީކުރެވޭނެކަމަށް މާހިރުން ދެކެއެވެ.
ޑިސްކޯޑްގެ ބާނީ ސިޓްރޮން އެ ޕްލެޓްފޯމްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވާއިރު، ޑިސްކޯޑް މިހާ ކާމިޔާބު ވެފައިވަނީ އެންމެހާ މުވައްޒަފުންގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ކުންފުނިން ކުރާ ކަންތައްތަކާއި، ތަރައްޤީކުރާ ޕްރޮޑަކްޓްތަކުގައި މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތް ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ. މި ބަދަލާއެކު ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ކާމިޔާބީތައް ލިބޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޑިސްކޯޑްގެ ވެރިޔާ ސީއީއޯގެ މަގާމުން އިސްތިއުފާ ދެނީ ޑިސްކޯޑްގެ ވެރިޔާ ސީއީއޯގެ މަގާމުން އިސްތިއުފާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ