މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެއިން ފުރާވަޑައިގެންފި

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، މިއަދު ފުރާވަޑައިގެންފި އެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.ޑރ. ޞަލާހުލްބުދައިރު މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާ ދިވެހި ސަރުކާރުން ކިޔާފައިވެ  އެވެއިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އެ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާ ވެސް އިމާމު ވަނީ ބައްދަލު ކުރައްވާފައިވެއެވެ.މީގެއިތުރުން، އިމާމުންނާއި ޚަޠީބުންނާ ބައްދަލު ކުރައްވާ ނަޞޭޙަތުގެ ބަސްކޮޅެއް އިމާމު ދެއްވާފައިވާއިރު، ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވައި އެތަނުގެ އާސާރުތައް ވެސް ބައްލަވާލެއްވިއެވެ.ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެ ތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާ، ޑރ. ސަލާޙުލް ބުދައިރު މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.އެއާއެކު، ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާ ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވާފައިވާއިރު، ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވައި އިމާމު ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ.މީގެއިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރެއްވުމުގެ އިތުރުން އިސްލާމީ މަރުކަޒުގައި މިއަދު ހުތުބާ ވިދާޅުވީވެސް ޑރ. ޞަލާހުލްބުދައިރު އެވެ. އަދި އެމަނިކުފާނު ވަނީ ރޭގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ހާއްސަ ދަރުސްއެއް ވެސް ދެއްވާފަ އެވެ.އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އިމާމުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސައުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި ޙަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ