ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކާއި އޭނަގެ ދަރިފުޅު މަރުވި ޙާދިސާގައި ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމައްސަލަ ގާތުން ބަލަމުން އަންނަ ކަމަށާއި މައްސަލައިގައި އެއްވެސް ފަރާތަކުން އިހުމާލެއް ވެފައިވާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ
މިޙާދިސާގައި ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގާއި އޭނާ ވިހެއި އެމީހުންގެ ތިންވަނަ ދަރިފުޅެވެ.
ބަނޑަށް 8 މަހުގައި ދުވަސްނުފުރި ، އިމަޖެންސީގައި ސިޒޭރިއަން ހަދައި ދަރިފުޅު ނަގަން ޖެހުނީ ޝިއުނާ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. ޝިއުނާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވަޔަށް އުނދަގޫވެގެން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.
ދެމައިން ނިޔާވި ޙާދިސާއާއި ގުޅިގެން ރަށުގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ގއ އަތޮޅުގައި ސިއްޙީ ނިޒާމު ފެއިލްވެފައިވާ ކަަމަށާއި މިއީ އަލަށް ދިމާވި ޙާދިސާއެއް ނޫން ކަމަށް ބުނެ ރޭއްސުރެ ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
އާއިލާއިން ބުނި ގޮތުގައި ޝިއުނާއާއި ދަރިފުޅުގެ ހާލު ދެރަވެގެން އިތުރުފަރުވާއަށް މާލެ ދެވޭނެ ގޮތެއް ނެތިގެން އެތައް އިރަކު މަޑު ކުރަން ޖެހުނެވެ. އަތޮޅުގައި އޮތް އެއަރ އެމްބިއުލަންސް ގްރައުޑްވެފައި އޮތުމާއި ބަލިމީހާ ބަލާ އައި މޯލްޑިވިއަންގެ ޗާޓަޑް ފްލައިޓްގައި ވެންޓިލޭޓަރ އެއް ނެތި އައުން ހިމެނެއެވެ.
ޝިއުނާ ނިޔާވީ މާލެ ފުރުވަން އެއާޕޯޓަށް ގެންގޮސް އެތަނުގައި ނުފުރިލަސްވެ ފަރުވާ ނުދެވި ގިނަ އިރުތަކެއް ވުމަށްފަހު ގައި ކަމަށް އާއިލާއިން ބުނެއެވެ. އަދި ދަރިފުޅު މާލެ ގެންދެވުނު ނަމަވެސް ފަރުވާދެވެން ނުފަށަނީސް ދަރިފުޅުވެސް ވަނީ ނިޔާވެފައެވެ.
އައްޑޫ ލިންކްރޯޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ- ރައީސް އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ- ރައީސް މި މަހު ފުލެޓު ލިސްޓު އާންމުކޮށް ސެޕްޓެމްބަރުގައި ހަވާލުކުރާނަން: ރައީސް މަސްވެރިންނަށް ބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ