ވިިލިނގިލީގައި ދެމައިން މަރުވުން: މައްސަލަ ބަލަން ޑޮކްޓަރު މާލެ ފޮނުވާލައިފި

ގއ. ވިލިނގިލީގައި އިއްޔެ ވިހޭ އަންހެނަކު ދަރިފުޅާ އެކު މަރުވި މައްސަލާގައި ހޮސްޕިޓަލުގައި ފަރުވާ ދިން ޑޮކްޓަރު މާލެއަށް ފޮނުވާލަައިފި އެވެ.
ވީކިިހިނެއް؟ - މި ހާދިސާގައި މަރުވީ ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ. އިއްޔެ ހެނދުނު ވިހެއުމަށް ފަހު ވެސް ދެމައިން ހޭނާރަ އެވެ. އަދި ރެއާ ހަމައަށް ވެސް ވެންޓިލޭޓަރުގައި އޮތެވެ. 
ޝިއުނާ މަރުވީ މާލެ ގެންނަން ވެގެން ކޫއްޑޫ އެއާޕޯޓަށް ގެންގޮސް އިންދައި އެ ރަށުގަ އެވެ. ދަރިފުޅު މާލެ ގެނެވުނު ނަމަވެސް މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.
ތަފްސީލް - ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް "ދައުރު"އަށް ވިދާޅުވީ މިއަދު ހެނދުނު ޑޮކްޓަރު މާލެ ފުރުވާލާފައިވާ ކަމަށެވެ. އެ ގޮތުން:
އެއީ ނޭޕާލް ފިރިހެން ޑޮކްޓަރެއް
އޭނާ މާލެ ފޮނުވީ ހެލްތު މިނިސްޓްރީން އަންގައިގެން
ބުނީ ކީކޭ؟ - "ހެލްތު މިނިސްޓްރީން ދަނީ މައްސަލަ ބަލަމުން. ހެލްތު މިނިސްޓްރީން އަންގައިގެން އޭނާ [ޑޮކްޓަރު] މާލެ ފޮނުވާލީ، މިއަދު ހެނދުނު ފްލައިޓެއްގައި ފޮނުވާލާފައިވާނެ،" މެނޭޖަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މި ހާދިސާއާ ގުޅިގެން އެއާ އެމްބިއުލާންސް ލަސްވެފައިވާތީއާއި، ފަރުވާ ދިނުމުގައި ލަސްތަކެއް އުޅޭތީ އޭގެ ގިނަ ކަންބޮޑުވުންތަކެއް ވިލިނގިލި ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވެ އެވެ. އަދި ބައެއް މީހުން ހޮސްޕިޓަލް ދޮށަށް އެއްވެ އަޑު އުފުލާފައި ވެސް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ