ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ: ރައީސް މުއިއްޒު
ޖަލުގައި ސިޔާސީ މީހުންނަށް ހާއްސަ ކޮށްފައިވާ ގޮޅިތަކަށް ލާނެ މީހުން ނެތް ނަމަވެސް ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.އަދި ގާނޫނުގެ ވެރިކަން ހިންގުމުގައި ތަފާތު ކުރުމަކީ އެ މަނިކުފާނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ."އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސްއެއް ނޫން އޭނަ އާއި މީނަ އާއި އަނެކަކާ ތަފާތު ކުރުމަކީ. އެކަން ތަންފީޒު ވާނެ ކޮންމެ މީހަކަށް ވެސް. ސިސްޓަމް އެޕްލައި ވާނެ ކޮންމެ މީހަކަށް ވެސް. އެކަމުގައި ދޫދިނުމެއް އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެއީ އަދުލުވެރިކަން ދޫކޮށްލުން އަޅުގަނޑު އެކަން ކޮށްފިއްޔާމު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.އެކަމަކު، ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް މީހަކަށް "ކުރާނެ އުނދަގުލެއް" ނޯންނާނެ ކަމަށާއި. ގާނޫނީ ވެރިކަން ތަންފީޒުކުރުމުގައި ދޫދިނުމަކީ އަދުލުވެރިކަން ދޫކޮށްލުން ކަމަށާއި، އެކަމެއް ނުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ