ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025ގެ ރޭސް ކިޓް ދޫކުރަން ދިރާގުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ޑީއެމްއާރުއާރު ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީ މަގުގައި ހުންނަ ދިރާގުގެ މައި އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ.
ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެ ފަރާތްތަކުގެ ރޭސް ކިޓް ހަވާލުކުރާނެ އެވެ. މާދަމާ އިން ފެށިގެން މި މަހުގެ 22 ވާ ބުދަ ދުވަހުގެ ނިޔަލަށް ރޭސް ކިޓު ދޫކުރަނީ:
ހެނދުނު 9 އިން މެންދުރު 12އަށް
މެންދުރު 2 އިން ހަވީރު 6އަށް
ރޭގަނޑު 8 އިން 10އަށް
ކޮންމެ ރޭސް ކިޓެއްގައި ހިމެނެނީ:
ޓައިމިން ޗިޕް ހިމެނޭ ބިބް
ރޭސް ޓީޝާޓު
ސްޓްރިންގް ބޭގް
ހަތަރު ނަރުދަތި
ފާހަގަކޮށްލެވޭ - ޑީއެމްއާރުއާރަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ.
މި އަހަރު ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ. މި އަހަރުގެ ދުވުމުގައި 4،500އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގު ރޭހުގެ ކިޓް ދޫކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ