ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައްދަވައިފި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގަ އެވެ.
އެއާއެކު ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް މުޢިއްޒަށް ލިބިވަޑައިގަތީ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވާފަ އެވެ. ރައީސް މައުމޫން ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ 1978 ވަނަ އަހަރު އެވެ. އެއީ މިހާރާ ބަލާއިރު ހުރިހާ ގޮތަކުން ވެސް ރާއްޖެ ވަރަށް ނިކަމެތި ހާލަތެއްގައި އޮތް ދުވަސްވަރެކެވެ.
އެންމެ ކުރު މުއްދަތެއްގައި ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް މުޢިއްޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ