ފެނިގެން ދަނީ މިނިވަން މުވައްސަސާތައް ނިޒާމީ ގޮތުން ރޫޅާލާ މަންޒަރު ކަމަށާއި ގާނޫނު ހަދާ މަޖިލީސް ވެސް ވެރިކަން ކުރާ ބާރުގެ ދަށަށް ފުރިހަމައަށް ގެންގޮސްފައިވާ ތަން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅުވައި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު އެހުން މުހިއްމު ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައިފަ އެވެ.
ތަފްސީލް - މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލުކުރާ ބިލު ފާސްކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެ ބިލާ ގުޅިގެން ނޫސްވެރިން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތައް އަޑު އަހާ، މަޖިލީހުން ބޭރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައްޔާޒު ގޮވާލެއްވި އެވެ.
ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެ ފައްޔާޒު ވިދާޅުވީ ފެނިގެން ދަނީ މިނިވަން މުވައްސަސާތައް ނިޒާމީ ގޮތެއްގައި ރޫޅާލެވެމުން އަންނަ މަންޒަރު ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލާ، ރައްޔިތުންގެ މަޖިލިސް ވެސް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައިވާތަން ފެނިގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މީޑިއާ ކޮންޓްރޯލު ކުރާ ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ނޫސްވެރިކަމަށް ބިރުދެއްކުމަށް އެޅޭ ދެން އޮތް ފިޔަވަޅު،" ފައްޔާޒު ވިދާޅުވި އެވެ.
ފެންނަނީ މިނިވަން މުވައްސަސާތައް ރޫޅާލާ މަންޒަރު: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ