އައިފޯނުން އެންޑްރޮއިޑަށް ބަދަލުވުން ފަސޭހަ ފީޗާއެއް ތައާރަފުކޮށްފި
އައިފޯނުން އެންޑްރޮއިޑަށް ބަދަލުވުން ފަސޭހަ ފީޗާއެއް އައިއޯއެސް 26.3 ގައި ހިމަނައިފިއެވެ. އައިއޯއެސް 26.2 ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޕަލް އިން މިވަނީ އައިއޯއެސް 26.3 ގެ ބީޓާ އަޕްޑޭޓް ދޫކޮށްފައެވެ. މި އައު އަޕްޑޭޓުގައި ނޮޓިފިކޭޝަން ފޯވާޑިން އާއި، ސްޕޯޓްސް އެޕް އަދި ވޯލްޕޭޕާ އަށް ގެނެވުނު ބަދަލުތަކުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެގެންދިޔައީ "ޓްރާންސްފާ ޓު އެންޑްރޮއިޑް" ނުވަތަ އައިފޯނުން އެންޑްރޮއިޑަށް ޑޭޓާ ބަދަލުކުރުމަށް ތަޢާރަފްކުރި އައު ފީޗާއެވެ. މި އައު ފީޗާގެ ސަބަބުން، އިތުރު އެހެން އެޕްލިކޭޝަނެއް (ތާޑް ޕާޓީ އެޕް) އެޅުމަކާ ނުލައި، އައިފޯނުގައި ހުންނަ ފޮޓޯ، މެސެޖު، ނޯޓްސް، ޕާސްވޯޑް އަދި އެޕްލިކޭޝަންތައް ފަސޭހަކަމާއެކު އެންޑްރޮއިޑް ފޯނަކަށް ބަދަލުކޮށްލެވޭނެއެވެ. އަދި ފޯނު ނަންބަރުވެސް މިގޮތަށް ބަދަލުކުރެވެއެވެ. https://sun.mv/213010 މިކަން ކުރުމަށްޓަކައި ފޯނުގެ 'ސެޓިންގްސް' އަށް ގޮސް 'ޖެނެރަލް' ނެގުމަށްފަހު 'ޓްރާންސްފާ ނުވަތަ ރީސެޓް އައިފޯން' ޚިޔާރުކުރާށެވެ. ދެން އަންނަ ސްކްރީންގައި، އައިފޯނާ ޖެހިގެން އެންޑްރޮއިޑް ފޯނު ބޭއްވުމަށް އެދޭނެއެވެ.ދެ ފޯނު ގުޅާލެވުމުން (ކަނެކްޓްވުމުން)، ބަދަލުކުރަން ބޭނުންވާ މަޢުލޫމާތުތައް ނަގައި ޓްރާންސްފާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެހެންނަމަވެސް، އެޕަލް އިން ފާހަގަކޮށްފައިވާ ގޮތުގައި 'ހެލްތު ޑޭޓާ'، ބްލޫޓޫތުން ގުޅާފައިވާ ޑިވައިސްތައް އަދި ލޮކްކޮށްފައި ހުންނަ ނޯޓްތައް ފަދަ ރައްކާތެރިކުރެވިފައިވާ މަޢުލޫމާތުތައް މި ފީޗާ މެދުވެރިކޮށް ބަދަލެއް ނުކުރެވޭނެއެވެ. އެޕަލްއިން މި ފީޗާ ތަޢާރަފްކޮށްފައި މިވަނީ، ގޫގުލްއިން ވެސް އެންޑްރޮއިޑް ފޯނުތަކުން އައިފޯނަށް ޑޭޓާ ބަދަލުކުރުން ފަސޭހަ ކުރުމަށް އަޕްޑޭޓެއް ނެރެފައިވަނިކޮށެވެ. އައިއޯއެސް 26.3 ގެ އާންމު ވާޝަން (ސްޓޭބަލް ޗެނަލް) އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުރިހާ ފަރާތްތަކަށް ލިބޭނެކަމަށް ބެލެވެއެވެ. އޭގެ ކުރިން މި ފީޗާ ޓެސްޓުކޮށްލަން ބޭނުންވާނަމަ، އެޕަލް ޑިވެލޮޕާ އެކައުންޓެއް މެދުވެރިކޮށް (ހިލޭ ހެދޭނެ) ބީޓާ އަޕްޑޭޓް މިހާރުވެސް ޑައުންލޯޑް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ