އެމްއައިބީ ކާޑުން ވިޔަފާރިކޮށްގެން ބާލީއަށް ޖައްސާލަން ދަތުރެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ އަހަރު ނިންމާ ޕްރޮމޯޝަން އަގުހުރި އިނާމުތަކަކާ އެކު ތައާރަފްކޮށްފި އެވެ. 
ތަފްސީލް - އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ:
އަންނަ ޖަނަވަރީ މަހުގެ 15 ގެ ނިޔަލަށް 
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްއައިބީ ކާޑަކުން އެމްއައިބީގެ ޕީއޯއެސް މެޝިނަކުން 300ރ. އަށް ވުރެ މަދު ނޫންއަދަދެއްގެ ޓްރާންސެކްޝަން ހަދަން ޖެހޭ
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ހާއްސަ ފިހާރަތަކެއް ކަނޑައަޅާފައެއް ނުވޭ 
 އެމްއައިބީގެ ކޮންމެ ކާޑު މެޝިނަކުން ވެސް އެމްއައިބީ ކާޑަކުން ޓްރާންސެކްޝަނެއް ހެދުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް މި ޕްރޮމޯޝަންގައި އެމްއައިބީގެ ބިޒްނަސް ވިސާ އަދި ކޯޕަރޭޓް ވިސާ ކާޑުތަކުން ކުރާ މުއާމަލާތްތަކެއް ނުހިމެނޭނެ އެވެ.
މި ޕްރޮމޯޝަންގައި ލިބޭ އިނާމުތަކަކީ:
އެއްވަނަ އިނާމަކަށް: އިންޑޮނޭޝިއާގެ ބާލީއަށް 2 މީހަކަށް ދެކޮޅު ޓިކެޓް
ދެވަނައަށް ދާ ފަރާތަކަށް: އައިފޯން 17 ޕްރޯމެކްސް އެއް 
ތިންވަނައަށް ދާ ފަރާތަކަށް: އެޕަލް ވޮޗް 11
މި ޕްރޮމޯޝަންގެ އިތުރުން އެމްއައިބީއިން ދަނީ އިހުސާން ފިހާރައާއިއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. މި ޕްރޮމޯޝަންގެ ދަށުން އިހުސާން ފިހާރައިން އެމްއައިބީ ޕޮސް މެޝިނުގައި އެމްއައިބީ ކާޑުން 200ރ. އިން މަތީގެ ޓްރާންސެކްޝަނެއް ހަދައިގެން ބައިވެރި ވެވޭނެ އެވެ. މި ޕްރޮމޯޝަންވެސް ކުރިޔަށް ދާނީ ޖަނަވަރީ 15 ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ