25 ވަނަ ބަޔާ ގުޅޭ
މިފަހަރު މަތިން އިވުނު އަޑުފައްގަނޑާއެކު ނަދާލްއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އެއާ ގުޅިގެން އަންހެންކުއްޖެއްގެ ބާރު ރުއިމުގެ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރި އެވެ. އައިލީންގެ އަޑެވެ. ކޮންމެ ތާކުން ކޮންމެ ސިފައެއްގައި އިވުނަސް ނަދާލްއަށް އެ އަޑު ވަކިކުރަން އެނގޭނެ އެވެ. އިސާހިތަކު ކަށްޓެއްޖެހި ފަދައިން އޭނާއަށް އިންތަނުން ތެދުވެވުނެވެ.
"ނެޑް؟ ކޯއްޗެއް ވެއްޓުނީ؟" ފޯނުގެ އަނެއް ފަރާތުގައިހުރި މައިރާގެ ކަންފަތާ ހަމައަށްވެސް މިފަހަރު އެ އަޑު ފޯރައިފި އެވެ. ނަމަވެސް މައިރާގެ ސުވާލަށް ޖަވާބުދެވޭ ވަރަށްވުރެން ބޮޑަށް އޭރު ނަދާލްގެ ސިކުނޑި ވަނީ ސަމާލަށް އައިސްފަ އެވެ. އިންޒާރަކާނުލައި މައިރާގެ ކޯލު ކަނޑައިލުމަށްފަހު ފޯނަކާއި ފޯނެއް އޮތް ތަނަކަށް ދޫކޮށްލާފައި އެޕަރޓްމެންޓުން ނުކުތުމަށް ދުއްވައިގަތެވެ. ލިފްޓު އަންނަންދެންވެސް މަޑުނުކޮށް ސިޑީގެ ކޮންމެ ދެ ހަރުފަތުން ދެ ހަރުފަތުން ފައި އަޅަމުންގޮސް ޖެހިގެންހުރި ފަންގިފިލާއަށް އެރި އެވެ. އޭރު ޒީނިޔާއާއި މުރުޝިދުވެސް މައިޝާންމެން އުޅޭ އެޕަރޓްމެންޓްގެ ދޮރު ކުރިމަތީގައި ހުއްޓިލައިގެން ތިއްބެވެ. އެމީހުންގެ މޫނުމަތީގައިވާ ކަންބޮޑުވުމުގެ އަސަރުފެނި އޭނާއަށް މިރޭ އެ އިވުނު އަޑުތައް އެމީހުންގެ ކަންފަތާ ހަމައަށްވެސް ފޯރައިފިކަން ނަދާލްއަށް އެނގުނެވެ. އެހެނަސް އެއިން ކަމަކަށް އޭނާގެ ސަމާލުކަމެއް ނުދެވުނެވެ. އައިލީންގެ ވޭނީ ރުއިމުގެ އަޑު އިވިއިވި ހުއްޓައި އޭނާ އެހެން ކަމަކަށް ސަމާލުކަން ދޭނީވެސް ކިހިނެއް ހެއްޔެވެ؟ ނަދާލް އެންމެ ސުކުންތެއްވެސް ބޭކާރު ކޮށްލުމަކާނުލައި މައިޝާންމެން އުޅޭ އެޕަރޓްމެންޓްގެ ދޮރުގައި ތަޅައިގަތެވެ.
"މައިޝާން! މައިޝާން! އޭތް ދޮރު ހުޅުވާށޭ!" ފަހަރަކަށްވުރެން ފަހަރަކު ބާރަށް މައިޝާންގެ ނަމުން ގޮވަމުން ނަދާލް އެ ދޮރުގައި ތަޅަމުންދިޔަ އެވެ. އެއިން ކޮންމެ ފަހަރަކު އެޕަރޓްމެންޓްގެ ތެރެއިން އިވެމުންދިޔަ އައިލީންގެ ރުއިމުގެ އަޑު އިތުރަށް ބާރުވެލަ އެވެ. ނުސްރާއާއި މާޖިދުގެ އިތުރުން ޒުހޫރުވެސް މިހާރު އެތަނަށް އެއްވެއްޖެ އެވެ. އެ އެންމެނަށްވެސް ދޮރުގެ އަނެއްފަރާތުގައި ހިނގަމުންދަނީ ކޮން ކަންތައް ގަނޑެއްކަން މިހާރު ކަށަވަރު ކުރެވެން ފަށައިފި އެވެ.
"މައިޝާން އޯޕަން ދިސް ފ*** ޑޯރ" ނަދާލްގެ ކެތްތެރިކަން ކޮޅުންލާން ފެށުމުން ބާރުބާރަށް ދޮރުފަތުގައި ފައިން ޖެއްސެވެ. އޭނާގެ ބަހުރުވަ މުޅީން ބަދަލުވެއްޖެ އެވެ. އެތަނުގައި އިތުރު ބަޔަކު ތިބިކަން ވިސްނާލެވޭ ވަރަށްވުރެވެސް ބޮޑަށް ބޯ ހާސްވެއްޖެ އެވެ. ލިބިފައިވާ ހާސްކަމާއި އައިސްފައިހުރި ރުޅިން އޭނާގެ ހަތަރެސްފައި ތުރުތުރު އަޅަމުންދިޔަ އެވެ. އައިލީންއަށްޓަކައި ބިރުން ތެޅެންފެށި ހިތުގެ އަޑު އަމިއްލަ ކަންފަތާ ހަމައަށްވެސް ފޯރަން ފަށައިފި އެވެ.
ނަދާލްގެ ކޮނޑުން ދެފަހަރަކު ބާރަށް ދޮރުފަތުގައި ޖެހިގަތް އިރުވެސް އެއަށް ގުޑުމެއްވެސް އަރައިނުލި އެވެ. ވާނީވެސް އެހެންތާ އެވެ. އެ ގެއަކީ ފައުންޑޭޝަނުން ފަށައިގެން ދޮރުތަކާއި ހަމައަށްވެސް އެންމެ ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. ދޮރުފަތުގައި ކޫރުމެއްވެސް ނޭޅެނީސް އަނިޔާވެ ހަލާކުވެގެންދާނީ އޭނާ އެވެ. އެހެނެއްކަމަކު ނަދާލްއަށް މިވަގުތު އެކަން ނުވިސްނޭ ކަހަލަ އެވެ. އޭނާގެ ހަމަބުއްދީގެ މައްޗަށް އިސްވެފައިވަނީ ހިތުގެ އަޑެވެ. "އައި ވިލް ބްރޭކް ދިސް ޑޭމްންޑް ޑޯރ އިފް އައި ހޭވް ޓު" ނަދާލް އަނެއްކާވެސް ދޮރުފަތުގައި ޖެހިގަންނަން އުޅުނުތަނާހެން އިރުކޮޅަކަށް އެތަނުން ގެއްލުމަށްފަހު އައި މުރުޝިދު ނަދާލްގެ ގައިގައި ހިފެހެއްޓި އެވެ.
"އަން.. ދަރިފުޅާ.. ޑަބަލް ކީ" މުރުޝިދު ދިއްކޮށްލި ތަޅުދަނޑީގައި ހިފި ނަމަވެސް އަތުގައި ހަރުލާފައިވާ ތުރުތުރުގެ ސަބަބުން ނަދާލްއަށް އެ ތަޅުދަނޑި ތަޅުވަޅާ ދިމާކޮށްލެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އެކަމުގައިވެސް އެހީވީ މުރުޝިދެވެ.
ދޮރުގެ ތަޅު ހުޅުވިގެންދިޔުމާއެކު ނަދާލް އެންމެނަށްވުރެ ކުރިން އެޕަރޓްމެންޓުގެ ތެރެއަށް ދެމިގަތެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނެވެ. ބިންމަތީގައި ކުރުގެޅިފައި އޮތް އައިލީން ފެނި އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ. އައިލީންގެ އަނގައިންނާއި ނޭފަތުން ހޯސްލާފައި ލޭ ފައިބަމުން ދިޔައިރު އެފަކީރުގެ ދެލޯވެސް ހުޅުވައިލެވެނީ ކިރިޔާ އެވެ. ހެދުމުގެ ކޮނޑުމަތި އިރައިގެންގޮސް އަތްފައިގެ އެތަން މިތަން ނޫފައިގަނެފައި ހުއްޓެވެ. ބަނޑުގައި އަތް އަޅާލައިގެން އޮތް ގޮތުން ބަނޑަށްވެސް އަނިޔާ ލިބުނުކަން ޔަގީންވާހާވެ އެވެ.
ނަދާލްއެކޭ އެއްފަދައިން ދޮރުމަތީގައި ތިބި ފަސް މީހުންވެސް ތިބީ ހަރަކާތް ނުކުރެވިފަ އެވެ. އެމީހުން ބަލަބަލައި ތިއްބައި މައިޝާން އަނެއްކާވެސް ހުރިބާރެއްލައި އައިލީންގެ ބަނޑުގައި ކޮޅުފައިން ޖެއްސެވެ. އެއާއެކު އިވުނު އައިލީންގެ ވޭނީ ހަޅޭކުގެ އަޑުން ހަތަރު ފާރުވެސް ގުޑައިލިހެން ހީވި އެވެ. ނަދާލްއަށް ހަރަކާތް ކުރެވުނު ގޮތްވެސް ނޭނގުނެވެ. ފަޅިސިކުންތެއްގެ ތެރޭގައި މައިޝާން ވެއްޓުނީ ބިންމައްޗަށެވެ.
"ފ***! ޕީސް އޮފް! ޝި*!" ނަދާލްގެ ދުލަށް އައިހާ އެއްޗެއް ގޮވަމުން މައިޝާންގެ މޫނަށް ހަމަލާއަކަށްފަހު ހަމަލާއެއް ދެމުންދިޔައިރު އެތަނުގައި ހުރި އެކަކުވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. އެންމެންވެސް ދިޔައީ އައިލީންގެ ގާތަށެވެ. މައިޝާންގެ އަނގަމައްޗާއި ނޭފަތް ފަޅައިގެންގޮސް ލޭތައް ފައިބައިގަތް ހިނދު ޒީނިޔާގެ ހިތަށް އަސަރު ކުރިއެއްކަމަކު މިފަހަރު އޭނާވެސް މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. މިފަހަރު އޭނާއަކަށްވެސް މައިޝާންގެ ދިފާއުގައި އެއްޗެކޭ ނުބުނެވުނެވެ. އައިލީންއަކީ އޭނާ އެންމެ ބޭނުންވާ ފެންވަރުގެ ދަނބިދަރިއަކަށް ނުވިނަމަވެސް އެކުއްޖާއަކީވެސް އިންސާނެކެވެ. ނިކަމެތި އަންހެން ކުއްޖެކެވެ. އެކުއްޖާ އެ ހާލުގައި އޮއްވައި ޖަނަވާރެއްފަދަ ދަރިފުޅުގެ ދިފާއުގައި ތެދުވަން ކެރޭނީ ކޮން އަންހެނަކަށް ހެއްޔެވެ؟
"ނަދާލް! ނަދާލް ދެޓްސް އިނަފް. ދެން ހުއްޓާލާ!" ޒުހޫރާއި މާޖިދު އައިސް ނަދާލް ދުރު ނުކުރިނަމަ ނަދާލްގެ ދެއަތުން މައިޝާންގެ ފުރާނަ ނަގައިލީސްކަން ގައިމެވެ. އޭނާ އެ ހުރިހާއިރު މައިޝާންގެ މޭމަތީގައި ކަކޫ އޮއްބާލައިގެން އިނުމުގެ ސަބަބުން މައިޝާން ދިޔައީ ނޭވާ ނުލެވިގެން ތެޅި ފޮޅެމުންނެވެ.
"އައި ވިލް ކިލް ދެޓް ބާ***" ޒުހޫރާއި މާޖިދުގެ އަތުތެރެއިން ވީއްލިގަންނަން މަސައްކަތް ކުރަމުން ނަދާލް ހަޅޭއްލަވައިގަތެވެ.
"ޔޫ ކޭން ކިލް ހިމް ލޭޓަރ. ފުރަތަމަ ލީންގާތަށް ހިނގާ" ނަދާލް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން މާޖިދު ބުންޏެވެ. ޒުހޫރާއި މާޖިދަށް ހަމަނޭވާއެއް ލެވުނީ ނަދާލް ދުރަށް ހިނގައިގަތުމުންނެވެ.
"ލޫނާ" ނުސްރާގެ ކޮނޑުގައި ހިފައި ދުރަށް ޖައްސައިލުމަށްފަހު ނަދާލް ހާސްވެފައިހުރެ އައިލީން އިން ދިމާލަށް ތިރިވެލި އެވެ. އޭރު ޒީނިޔާ ފެންތައްޓަކާއި ޓިޝޫތަކެއް ހިފައިގެން އައިސް އައިލީންގާތު މަޑުކޮށްލަނީ އެވެ.
"ލެޓް މީ" އައިލީން އަތުގެ ނުފުށުން ނޭފަތް ކައިރީގައިހުރި ލޭތައް ފޮހެން ފެށުމާއެކު ނަދާލް އަވަސްއަވަހަށް ޒީނިޔާގެ އަތުން ޓިޝޫތައް އަތުލުމަށްފަހު އެކަން ކޮށްލައި ދިނެވެ. ޒީނިޔާ ގެނައި ފެންތަށިވެސް އައިލީންގެ ތުނބުގައި ޖައްސައިލައިދިނީ ނަދާލް އެވެ. އޭގެއިން އައިލީން ދަމައިލި ފުރަތަމަ ކޯވަރާއެކު އައިލީންގެ އަނގައިން ފޭބި ލޭތައް ތަށީގެ ތެރެއަށް ފޭދިގެން ދިޔަތަން ފެނި ނަދާލްގެ އަތުން އެ ތަށި ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ.
"އަން ތިއްތިބެދައްތާ.. އެހެން ފެންތަށްޓެއް ގެނެސްދީ" ނަދާލްއަށް ހުއްޓުން އަރާފައި އިނދެވެނިކޮށް އެ ތަށި އޭނާގެ އަތުން އަތުލުމަށްފަހު ޒީނިޔާގެ އަތަށް ދިއްކޮށްލީ ނުސްރާ އެވެ. އެ އަޑަށް ނަދާލްގެ ސިކުނޑި އަނެއްކާވެސް މަސައްކަތްކުރަން ފެށި އެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން އައިލީންގެ ބޮލުގައި ފިރުމައިލެވުނުއިރު ކަތުރުކަށިގަނޑަށް އިތުރު ބާރެއް ލެވުނެވެ. ދުރުގައި އޮތް މައިޝާނަށް ބަލައިލީ ކުރެވުނު ވަރާމެދު އަދިވެސް ހިތް ނުފުރޭ ފަދައިންނެވެ. އޭނާ ޒީނިޔާ ގެނައި ދެވަނަ ފެންތަށީގައި ހިފައި އަނެއްކާވެސް އައިލީންގެ ތުނބުގައި އެ ތަށި ޖައްސައިލައި ދިނެވެ.
"އަރ ޔޫ އޯކޭ؟" ނަދާލްގެ އަޑުގައިވާ ކަންބޮޑުވުމާއި އޯގާތެރިކަން އިވި އައިލީންގެ ދެލޯ ފެންކަޅިވި އެވެ. އޭނާ އިތުރަށް ނަދާލްއަށް ދޮގު ހަދާކަށް ބޭނުމެއް ނުވި އެވެ. އެހެންނޫނަސް ދެން ފޮރުވަން އޮތީ ވަކި ކޮންކަމެއް ހެއްޔެވެ؟
"ބޯ އަނބުރާ.. އޮށޯވެލަން ބޭނުމީ" އައިލީން ހިތްވަރު ކޮށްލާފައި ބުންޏެވެ.
"ލޫނާ.. ކޭން ޔޫ ވޯކް؟" ނަދާލް ފަރުވާތެރިކަމާއެކު އައިލީންގެ އަތުގައި ހިފެހެއްޓި އެވެ. އެހެނަސް އޭނާގެ އެހީއާއެކުވެސް އައިލީންއަށް ތެދުވެވޭ ގޮތެއްނުވި އެވެ. މައިޝާންގެ ފަރާތުން ބަނޑަށާއި އުނަގަނޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެކަން ވީ ނާދިރު ކަމަކަށެވެ.
"ނޫން.. ތަދުވަނީ" އައިލީންއަށް ދެފަރާތަށް ބޯ ހޫރައިލަމުން ރޮއެ ގަނެވުނެވެ.
ނަދާލްއަށް ހީވީ މީހަކު އޭނާ ކަރުގައި ހިފައި ފިއްތައިލި ހެނެވެ. ކޮށި ހަންޖަރަކުން ކަފައި އޭނާގެ ހިތާއި މޭ ދެތަން ކޮށްލި ނަމަވެސް އެ ދެ ލަފްޒުން އޭނާއަށް އެ ކުރިފަދަ އަސަރެއް ކުރާނެހެން ހިއެއްނުވެ އެވެ. "ހިނގާ ހޮސްޕިޓަލަށް" އިތުރު ވިސްނުމަކާނުލައި އޭނާ ފަސޭހަކަމާއެކު އައިލީން އަތްދަނޑި މައްޗަށް ހިއްލައިލި އެވެ. އެއާއެކު އޭނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނާ ހަނދާންވާ ގޮތުގައި އައިލީންއަކީ ކުރިން މާ ހިކިކޮށް ހުންނަ ކުއްޖެއް ނޫނެވެ. ރޫފަ ރަނގަޅު ކުއްޖެކެވެ. ނަމަވެސް މިވަގުތު އޭނާގެ އަތްދަނޑި މަތީގައި އޮތް އައިލީންގެ ބަރުދަން ވަނީ ނުރައްކާ މިންވަރަކަށް ލުއި ވެފައިކަން އޭނާއަށް ފާހަގަކުރެވުނެވެ.
"ނެޑް؟ ހޮސްޕިޓަލް؟ ދަރިފުޅަށް ޔަގީންތަ؟ މަންމަމެން ހިނގައިދާނަން ލީން ގޮވައިގެން" ނުސްރާ ކަންބޮޑުވެފައި އަހައިލި އެވެ.
"އިޓްސް އޯކޭ މޯމް.. އައި ކޭން ޑޫ ދިސް. މަންމަމެން ތި ތިބީ ރެޑީވެސް ނުވެއެއްނު" ނަދާލް ވަކި މީހެއްގެ ވާހަކަ އަޑުއެހުމަކާ ނުލައި އައިލީން އުރާލައިގެންހުރެ އެޕަރޓްމަންޓުން ނުކުތެވެ.
"މިއޮތީ ލީންގެ ފޯނު.. ދައްތަމެން ދާނަން އިރުކޮޅަކުން" އައިލީންގެ ފޯނު ދިނުމަށްފަހު ނަދާލް އެރުމަށްޓަކައި ލިފްޓު ހިފަހައްޓާލައިދެމުން ޒީނިޔާ ބުންޏެވެ. އެއަށްފަހު އަނެއްކާވެސް އެޕަރޓްމެންޓަށް ވަނެވެ. ޓިޝޫއަކުން ނޭފަތް ނިވާ ކޮށްލައިގެން އިން މައިޝާންއާ ދިމާލަށް އޭނާ ބަލައިލީ ނާއުއްމީދުގެ ނަޒަރަކުންނެވެ.
********
ހޮސްޕިޓަލުގެ އަވަސްފަރުވާދޭ ބައިގެ ބޭރުގައިހުރި ގޮނޑިއެއްގައި ނަދާލް ނުތަނަވަސްކަމާއެކު ފައި ތަޅުވާލަ ތަޅުވާލައި އިންއިރު ޖޯޑުކޮށްލާފައިވާ އޭނާގެ ދެއަތަށް ވަނީ އާދަޔާހިލާފު ބާރެއް ލެވިފަ އެވެ. އަމިއްލަ ނަފްސުގެ ކޮންޓުރޯލު ހޯދުމަށްޓަކައި ދޭތެރެއަކުން ފުންނޭވާއެއް ދޫކޮށްލި ނަމަވެސް އެކަންތައް ދަނީ މާ ރަނގަޅަކަށްހެން ހިއެއްނުވެ އެވެ. ލޯ މަރައިލެވޭ ކޮންމެ ފަހަރަކު އޭނާއަށް ސިފަވަމުން ދިޔައީ އައިލީން ބިންމަތީގައި 'ލޭކޮށިފައި' އޮތް މަންޒަރެވެ. އެ މަންޒަރުން ފިލުމަށްޓަކައި ކޮންމެ ފަހަރަކު ލޯ ހުޅުވައިލަން ޖެހެނީ ހޮސްޕިޓަލުގެ ބިރުވެރި މާހައުލަށެވެ.
"ސޮރީ ކިޑް.." ނަދާލްއަށް ސިހިފައި އޭނާގެ ވައަތް ފަރާތަށް ބަލައިލެވުނީ އޭނާގާތު މީހަކު އިށީނދެލިހެން ހީވުމުންނެވެ. އަވާމެންދުރެއް ފަދައިން އޭނާއާ ބައްދަލުކުރީ މީގެ ފަނަރަ އަހަރުކުރިން އޭނާގެ މަންމަ ޑީނާއަށް ފަރުވާކުރި ޑޮކްޓަރެވެ. "އަބިއަމޯ ޕްރޮވާތޯ.. ބަޓް ދިސް ޓައިމް. ކެންސަރ ވޮން" ޑަކްޓަރު އޭނާގެ އަތަށް ދިއްކޮށްލި ނޫކުލައިގެ ސްކާފަށް ނަދާލް ބަލައިލި އެވެ. އެއީ ކީމޯ ތެރަޕީއަށް ތައްޔާރުވުމަށްޓަކައި ޑީނާގެ އިސްތަށިގަނޑު ބޭލި ދުވަހު ނަދާލްގެ ތުއްތު ދެއަތުން ޑީނާގެ ބޮލުގައި އައްސައިދިން ސްކާފެކެވެ.
ނަދާލް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރަމުން މޫނުގައި ދެއަތް އަޅައިލި އެވެ. އޭނާގެ ސިކުނޑި އެވަގުތު އޭނާއާ ކުރަމުންދިޔައީ ނުރައްކާ ސަމާސާއެއްކަން އޭނާއަށް އެނގެ އެވެ. މިހާރު އޭނާއަކީ އެ ދިހަ އަހަރުގެ ޔަތީމު ކުއްޖާ ނޫންކަމާއި އެ އިނދެވެނީ ނަޕޯލީގެ ކެންސަރު ހޮސްޕިޓަލުގައި ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރި އެވެ. އެ އެކަނިވެރި ދުވަސްތައް މިހާރު ނިމިއްޖެ އެވެ. މިއަދު އޭނާއަކީ އުފާވެރި އާއިލާއެއްގެ ހިއްސާއެކެވެ. ކާމިޔާބު މުސްތަގްބަލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.
ނަދާލްއަށް މޫނުގައި އަޅާލެވިފައިވާ ދެއަތް ދުރުކޮށްލެވުނީ ކައިރިން ނަރުސްކުއްޖެއްގެ އަޑު އިވުމުންނެވެ. އޭނާ މޫނު ފޮހެލުމަށްފަހު އިށީނދެލައިގެން އިން ގޮނޑިން ތެދުވެ ހަމަ އިސްކޮޅަށް ދެމިލި އެވެ. އޭރު އައިލީންގެ ހާލު އެނގުމަށްޓަކައި އޭނާގެ ހިތް ދިޔައީ ބޭގަރާރު ވަމުންނެވެ.
"ޕޭޝަންޓްގެ ހަޒްބަންޑް ތޯ؟" އެކުއްޖާގެ ސުވާލާއެކު ނަދާލްގެ ދުލުގައި ގޮށެއް ޖެހުނެވެ. އޭނާ ހަނދާންވީ މީގެ ދުވަސްކޮޅެއް ކުރިން އައިލީންގެ ކިލާސް ކުދިންނަށް އޭނާ ތައާރަފުކޮށްދިން ގޮތެވެ.
"ނޯ ނޯ.. ޖަސްޓް.. ފެމިލީ.." ނަދާލް ބުންޏެވެ. އެއާއެކު އެކުއްޖާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނުނެވެ.
"ޑަކްޓަރު ވާހަކަ ދައްކާލަން ބޭނުންވާތީ.. ދުރުވޭ އަޅުގަނޑާއެކު" އެކުއްޖާ އަދަބުވެރިކަމާއެކު ބުންޏެވެ. އަވަސްފަރުވާދޭ ބައިގެ ދޮރާ ދިމާލަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނަދާލް އެކުއްޖާގެ ފަސްފަހަތުން ހިނގައިގަތެވެ. މާ ގިނައިރެއްނުވެ އެ ބުނާ ޑަކްޓަރެއްގެ ކޮޓަރިއާ ހަމައަށް އޭނާއަށް އާދެވިއްޖެ އެވެ. އޭނާ ދެފަހަރަކު އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ސަލާން ގޮވައިލަމުން އެތެރެއަށް ވަނެވެ.
"ވަޢަލައިކުމުއްސަލާމް. ޔެސް.. އިށީނދެލާ" ހުދު ކުލައިގެ ކޯޓެއްލައިގެން މޭޒުދޮށުގައި އިނީ މެދު އުމުރުގެ އަންހެނެކެވެ. "އައިލީންގެ ފެމިލީ ދެއްތޯ؟ ހަޒްބަންޑް ތޯ؟ އިޒް ދެއަރ އެނީ ފީމޭލް ބައި-ސްޓޭންޑަރ؟" އެމީހާ އަހައިލި އެވެ.
"ނޯ. އަޅުގަނޑަކީ އައިލީންގެ ފިރިމީހާއެއްނޫން އެކަމަކު މިވަގުތު އަޅުގަނޑު އެކަނި އައިލީންގެ ފެމިލީއަކަށް ހުރީ.. ނަދާލް ހިޔަރ" ނަދާލް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން އަމިއްލައަށް ތައާރަފުވެލި އެވެ.
"އޯހް އޯކޭ. ދައްކަން އުޅޭ ވާހަކައިގެ ގޮތުން އަސްލު.. އަޅުގަނޑު ބޭނުން ނުވީ މިވާހަކަ އައިލީންގެ ފިރިމީހާއާ ހިއްސާކުރަން.. ނަރުސްކުއްޖާގާތުވެސް ބުނިން ޔަގީން ކޮށްލަދޭން. ނޯ އޮފެންސް އެނގޭ" އެ ޑަކްޓަރު ބުންޏެވެ.
"ނޯ އޮފެންސް ޓޭކަން.. ޑޮކްޓަރ.. އައިލީން ކިހިނެއް؟" ނަދާލް ކެތްމަދުވެފައި އިނދެ އަހައިލި އެވެ.
"ނަދާލްއޭ ދޯ ބުނީ؟ ލުކް ނަދާލް.. އަނެއްހެން މާތްﷲ ގެ ރަޙްމަތްފުޅާއެކު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭވަރު ޒަހަމެއް އައިލީންގެ ހަށިގަނޑަކު ނެތް.. ނޯ އިންޓަރނަލް ބްލީޑިންގްސް.. ނޯ ފްރެކްޗަރޒް.. ޖަސްޓް އަ ފިއު ކްރޭމްޕްސް އަ ލޫޒް ޓޫތް އެންޑް އަ ޑިސްލޮކޭޓެޑް އެލްބޯ. ވީ އޮލްރެޑީ ޑެލްޓް ވިތް ދެޓް.. އެކަމަކު.. މިކަހަލަ ގިނަ ކޭސަސްތަކެއްގަ މަސައްކަތް ކުރެވިފައިވާ ޑަކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް މިވާހަކަ ހަމަ ނުބުނެ ނުހުރެވިގެން މި ގޮވާލީ. އައިލީންގެ ހަށިގަނޑުން ފެނުނު ޒަހަމްތަކާއި ނިޝާންތަކަކީ ގެވެށި އަނިޔާގެ ގިނަ ކޭސަސްތަކުގަ ފެންނަ ނިޝާންތަކާއި ވަރަށް އެއްގޮތް ނިޝާން ތަކެއް.. އެންޑް އޮލްސޯ.." ވަކި ހިސާބަކުން ޑަކްޓަރުގެ ވާހަކަ ކުރިއަށް ގެންދަން ފަސްޖެހުނެވެ.
"އޮލްސޯ؟" ޑަކްޓަރުގެ ވާހަކައިން ހައިރާންކަމެއް ނުލިބުނަސް ނަދާލް ބުމަ ގޮށްޖަހައިލަމުން އެއްސެވެ.
"އޮލްސޯ ދެއަރ އަރ ކްލިއަރ ސައިންސް އޮފް.. ރޭޕް.." މިފަހަރު ޑަކްޓަރު ބުނެލި ޖުމްލައާއެކު ނަދާލްއަށް ހީވީ މީހަކު އޭނާގެ ކަންކަށި މަތީގައި އެތިފަހަރެއް އަޅުވައިލިހެނެވެ. އޭނާގެ ދެއަތް ރުޅިން މުށްކެވިގެންދިޔަ އެވެ. ނަމަވެސް އޭނާ އިށީނދެ އިން ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓައިލަމުން ޑަކްޓަރުގެ ވާހަކައަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރި އެވެ.
"ޕޭޝަންޓް އުޅެނީ ކައިވެނިކޮށްގެން ކަމަށްވާތީއާއެކު ޕޭޝަންޓާ ވާހަކަ ނުދައްކާ މިކަމުގަ އަޅުގަނޑުމެންނަށް ވަކި ގޮތެއް ނިންމޭކަށް ނެތް" ޑަކްޓަރުގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "މި ވަގުތުގެ ގޮތުން.. ދަންވަރަށް ވީމައާއެކު.. އަޅުގަނޑުމެންނަށް އަދި ރަސްމީކޮށް އައިލީންއާ ވާހަކަދައްކާލެވޭ ގޮތެއް ނުވޭ.. އެކަމަކު އަޅުގަނޑުމެންގެ އޮން-ކޯލް ސައިކޮލޮޖިސްޓަށް މިހާރު ގުޅާލައިފިން. އެބައި ނިމުނުހާ އަވަހަކަށް އައިލީން ދޫކޮށްލެވޭނެ. އެނގިލައްވާ ދެއްތޯ މި ބުނަން އުޅެނީ ކީކޭކަން؟" ޑަކްޓަރުގެ ސުވާލަށް ނޫނެކޭބުނެ ނަދާލް ބޯ ހޫރައިލި އެވެ.
"މިދެންނެވި ކަންތައްތައް ޔަގީންކުރެވޭހާ ވަރަށް އަޅުގަނޑުމެންނަށް ފެކްޓްސް އެސްޓަބްލިޝް ކުރެވިއްޖެނަމަ.. ޕޭޝަންޓްގެ އިޒުނައާއެކު އަޅުގަނޑުމެންނަށް ޖެހޭނީ މި ކޭސް ފުލުހުންނާ ހިސާބަށް އެސްކެލޭޓް ކުރަން.. އެހެންވެ ކުރީބައިގަ އެކަން ފެމިލީއަށް އަންގާލަދިނީ މިއީ." ޑަކްޓަރުގެ ވާހަކަ ނިމުނުއިރު ނަދާލްގެ ދުލަށް ބުނާނެ ބަހެއް ނައިތާ އޭނާއަށް އިނދެވުނީ ހަރަކާތްކޮށްލަންވެސް ނޭނގިފަ އެވެ. އެހެންކަމުން ދެންވެސް ވާހަކަދައްކަން ޖެހުނީ ޑަކްޓަރަށެވެ. "ތިކޮޅުން ވާހަކައެއް ދައްކަން ނެތިއްޔާ ދެން އެންމެ ރަނގަޅު ދިޔަޔަސް"
"އަޅުގަނޑަށް އައިލީންއާ ބައްދަލުކޮށްލެވޭނެތޯ؟" އެވަގުތު ނަދާލްގެ ހިތަށްއެރި ހަމައެކަނި ސުވާލު ޑަކްޓަރާ ކޮށްލި އެވެ.
"ޔެސް.. އަޅުގަނޑު ނާރސްއަށް މި އިންފޯމްކޮށްލަނީ" ޑަކްޓަރު ހިނިތުންވެލި އެވެ.
ނަދާލް އެ ވާހަކައަށް ބޯ ޖަހައިލަމުން ގޮނޑިން ތެދުވި އެވެ. ޑަކްޓަރުގެ ކޮޓަރިން ނުކުމެވުނުތަނާ އެބުނާ ނަރުސްކުއްޖަކު އޭނާގެ ގާތަށް އައިސް ހުއްޓިލައިފި އެވެ. އޭނާ އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ. އަވަސްފަރުވާދޭ ބަޔާ ގާތަށް އެޅޭ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތް އަވަސްވެ ކެތްތެރިކަން ކުޑަވަމުން ދިޔަ އެވެ. އެތަނަށް ވަދެވުމާއެކު އޭނާ ވަށައިގެން ހޯދައިލި އެވެ. ނޫކުލައިގެ ފޮތިތަކުން ފަރުދާވެފައިވާ އެތަށް އެނދުތަކެއް އެތަނުގައި ހުއްޓެވެ. އެއިން ކޮންމެ އެނދެއްގައިވެސް ވަނީ ކޮންމެވެސް ތަފާތު އަނިޔާއެއް ލިބިފައިވާ މީހެކެވެ. ކައިރީގައި އެތައް ޑަކްޓަރުންނަކާއި ނަރުހުންނެއް ހަރަކާތްތެރިވަމުން ދިޔަ އެވެ. އެ އެންމެންގެ އަޑާ އެކުވެ މާހައުލުގައި ހިފައިލާފައިވާ މެޝިންތަކުގެ އަޑުތައް ނަދާލްގެ ގައިން ހީބިހި ހިލުވައިލި އެވެ.
"މަމާ.. ނޮ ލަޝާމީ.. މަމާ.. ސޮނޮ ސޯލޯ" މަންމާ އެވެ. ނުދާށެވެ. މަންމާ އެވެ. އަހަރެން އެކަނިވެއްޖެ އެވެ. ދިހަ އަހަރުގެ ނަދާލް ރޮވިފައިހުރެ ވާހަކަދައްކަމުން ދިޔައީ ހޮސްޕިޓަލުގެ އެނދެއްގައި އޮތް އޭނާގެ މަންމަގެ ފުރާނަ ނެތް މަސްގަނޑާ އެވެ.
ނަދާލްއާއެކު ހިނގަމުންދިޔަ ނަރުސްކުއްޖާގެ ފިޔަވަޅުތައް މަޑު ޖެހިލި އެވެ. އެމީހުންނަށް އައިލީން އޮތް އެނދާ ހަމައަށް އާދެވުނީ އެވެ. އެނދުގެ ވަށައިގެން ދަމާފައިވާ ނޫކުލައިގެ ފޮތިގަނޑު ކަހައިލަމުން ނަދާލް އެތެރެއަށް ވަނެވެ. ހެޑްބޯޑުގައި ލެގިލައިގެން އިން އައިލީން ފެނުމާއެކު ފަޅި ސުކުންތަކަށް އޭނާ ހުއްޓުން އެރި އެވެ. ވާނީވެސް އެހެންތާ އެވެ. އޭނާއާ އެންމެ ފުރަތަމަ ދިމާވިއިރު އައިލީންއަކީ ހިނިތުންވުމާއި އުފާވެރިކަމުން ފުރިފައިވާ ދިރުންހުރި ކުއްޖެކެވެ. ނަމަވެސް މިއަދު އެތަނުގައި ފެންނަން އިން އައިލީންގެ ނޭވާ ހިނގިޔަސް އެކުއްޖާއެކޭ މަރުވެފައިވާ މައްޔިތެކޭ ތަފާތެއް ނެތެވެ. ވައަތް ފަރާތަށް މޫނު އަނބުރާލައިގެން އިންއިރު ތަންމިނަށް ހުޅުވާލެވިފައިވާ ބޮޑު ދެލޮލުގައި އެއްވެސް އަސަރެއްނެތެވެ. ނަދާލްގެ ހިތަށް އެ މަންޒަރު ބަލަން ކުޅަދާނައެއް ނުވި އެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ފަންކޮށްލެވިފައިވާ އައިލީންގެ އިސްތަށިގަނޑުގައި ފިރުމައިލި އެވެ. އެކަމުންވެސް އޭނާގެ ހިތަށް ވަމުންދިޔަ އުނދަގޫ ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ އެވެ.
"ޔޫ އޯކޭއި؟" ނަދާލްގެ ސުވާލަށް އައިލީން ބޯ ޖަހައިލުމުން ދެންވެސް ވާހަކަދެއްކީ ނަދާލް އެވެ. "ލޫނާ ވައި.. ވައި ޑިޑިންޓް ޔޫ ޓެލް އެނީވަން؟ ވައި ޑިޑިންޓް ޔޫ ޓެލް މީ؟" އޭނާއަށް އަހައިލެވުނެވެ.
"އެއީ.. އެއީ ނަދާލްގެ ފެމިލީއެއްނު" އައިލީންގެ ޖަވާބު އައީ އިރުކޮޅެއް ފަހުންނެވެ.
"ވެލް އައި ކުޑުންޓް ކެއަރ ލެސް!" ނަދާލް ވަގުތުން ބުންޏެވެ. "މައިޝާން ކޮން އިރަކުތަ އަހަރެންނާ ދޭތެރޭ ފެމިލީ ކަމަށް ދެކުނީ؟ އެހެންނޫނަސް ފެމިލީ އޯރ ނޮޓް.. އަހަރެން މިވަރު ކަމެއްގަ މައިޝާންގެ ފަޅި ނަގާނެހެން ލޫނާއަށް ހީވީތަ؟" ނަދާލްއަށް އައިލީންގެ ބަހަނާ ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ރާގަށް ހަރުކަށިކަން ވެރިވާން ފަށައިފިހެން ހީވުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިލީން އިށީނދެ އިން އެނދުގެ އަރިމަތީގައި ދެއަތް އަޅުވައިލި އެވެ.
"އަހަރެން ކިހާ ވަރަކަށް މިވާހަކަ ލޫނާއާ ދައްކަން މަސައްކަތްކުރިން. ހަމަ ކޮންމެ ފަހަރަކު.. ކޮންމެ ފަހަރަކު ލޫނާ އަހަރެންނަށް ފިލަނީ.." ނަދާލްގެ ކޮންމެ ޖުމްލައެއްގައި ވަނީ އިންތިހާ ދަރަޖައިގެ ޝަކުވާ އެވެ. "ޑަކްޓަރުން އަހަރެންނާ ވާހަކަ ދައްކައިފި.. އެމީހުން ބޭނުންވަނީ މި ކޭސް ފުލުހުންނާ ހަމައަށް ގެންދަން.. އަހަރެން.. އަހަރެން އެކަން ކޮންމެހެންވެސް ކުރާނަން-"
"ވަޓް؟ ނޫން! ނަދާލް! ހަބަރުދާރު!" ނަދާލްގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް އައިލީން ނުދިނެވެ. އެއާއެކު ނަދާލްގެ ނިތްކުރިއަށް ރޫ ގިނަވެލި އެވެ. "ކީއްވެ؟" އޭނާ އެއްސެވެ.
"ޕްލީޒް ނޯ" އައިލީން އާދޭހުގެ ރާގެއްގައި ބުންޏެވެ. "ނަދާލްއަށް މި ދުނިޔެއަކީ އުޅެން ކިތަންމެ ފަސޭހަ ތަނަކަށްވިޔަސް.. އަހަރެންގެ ދުނިޔެ ވަރަށް ތަފާތޭ. މައިޝާންއާ ކައިވެނިކުރި ފަހުން އަހަރެން ބޭނުން ކިތަށް ކަންކަން ފަހިވީ. އަހަރެންނަށް އަމިއްލަ އާއިލާއެއް ލިބުނު! އަހަރެން ބޭނުންވި ފައިނޭންޝަލް ސެކިއުރިޓީ ލިބުނު! މުސްތަޤްބަލަށްޓަކައި ކިޔަވާނެ ފުރުސަތު ލިބުނު"
"މުސްތަޤްބަލޭ؟" ނަދާލްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "ކޮން މުސްތަޤްބަލެއް؟ ތި ބުނާ މުސްތަޤްބަލެއް ފެންނާނީ ފުރަތަމަ އައިލީން ދިރި ދުނިޔޭގަ ހުރެގެންނު!" އޭނާ އައިލީންގެ މޮޔަކަމާމެދު އެއްޗެހި ކިޔަން ބޭނުންވި އެވެ. ނަމަވެސް އެންމެފަހުން ވެސް އެފަދަ އެއްޗެއް ބުނި ދުވަހަކު އައިލީން އެ ބަސްތައް އޭނާއާ ދެކޮޅަށް އަނބުރައިލިގޮތް ހަނދާންވުމާއެކު އެ ހިޔާލު ދޫކޮށްލި އެވެ. "އައިލީން ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން މިކަންތައް ފުލު-"
މިފަހަރު ނަދާލްގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ އޭނާގެ ޖީބުގައި އޮތް އައިލީންގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަންނަމުންދިޔައީ މުރުޝިދުގެ ވަޓްސްއެޕް ކޯލެކެވެ.
"ހަލޯ؟" ނަދާލް އައިލީންއަށް ފޯނު ދައްކައިލުމަށްފަހު އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖަހައިލި އެވެ.
"ހަލޯ ނަދާލް.. އައިލީން ކިހިނެއްތަ؟" މުރުޝިދުގެ ބަދަލުގައި ވާހަކަދެއްކީ މާޖިދެވެ. އެއާއެކު ނަދާލްއަށް އެކޮޅުގައި ތިބި ބަޔަކު ތިބީ ފޯނު ސްޕީކަރަށް ލައިގެންކަން ޔަގީން ކުރެވުނެވެ. އޭނާވެސް އެ ދެކެވޭވާހަކަ އައިލީންއަށް އިވޭނެހެން ފޯނު ސްޕީކަރަށްލި އެވެ.
"އައިލީން... އައިލީން މިހާރު ސްޓޭބަލް" އެނދުގައި އިން އައިލީންގެ ދެލޮލަށް އަދިވެސް އެއްފަހަރު ބަލައިލަމުން އޭނާ ބުންޏެވެ. އައިލީންގެ ނިތްކުރީގައި އަޅާފައިވާ ބޭސްގަނޑު ފެނުމާއެކު އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. "ކޮބާ އޭނަ؟" އައިސްފައިހުރި ރުޅީގައި ނަދާލްއަށް އަހައިލެވުނީ ރުންކުރު ރާގަކަށެވެ.
"ނޭނގެ. ކިރިޔާ ހިނގައިގަނެވޭވަރު ވީތަނާ ކޮންމެވެސް ތާކަށް ހިނގައްޖެ.. ދަރިފުޅާ.. ބައްޕަ މި ގުޅީ ކަމެއް ހަނދާން ކޮށްދޭން ވެގެނޭ" މާޖިދުގެ ރާގަށް އިތުރު ސީރިއަސްކަމެއް ވެރިވި އެވެ. "މިއީ.. ހޮސްޕިޓަލުން ކީކޭތަ ބުނީ؟ ދަރިފުޅަށް އެނގޭ ދޯ މިކަހަލަ މައްސަލަތައް ދާ ގޮތް.. ނަމަނަމަ ޅައެއްޗެއް ނާޅައްޗޭ. ބައްޕައަށް ފެނުނު ދަރިފުޅު ރުޅި އައިސްފަ ހުރި ވަރު. ބައްޕަމެންވެސް މިތިބީ ހަގީގަތުގަ މައިޝާންދެކެ ވަރަށް ރުޅި އައިސްފަ. އެކަމަކު ދަރިފުޅަށްވެސް އެނގެއެއްނު މިހާރު ކުންފުނީގަ މައިޝާންގެ ޕޮޒިޝަން. އެކަން ޕަބްލިކް ކުރިތާ އަދި މާ ގިނަ ދުވަހެއްވެސް ނުވޭ.. ބޯ މަތީގަ މާސިންގާ ޕްރޮޖެކްޓެއް އޮންނައިރު ޕޮޒިޓިވް ޕަބްލިސިޓީއަކީ ވަރަށް މުހިއްމު އެއްޗެއް"
"ކީކޭ ކިޔަން ތި އުޅެނީ؟" ނަދާލްގެ ބުމަ ގޮށްޖެހުނެވެ.
"ބުނަން މި އުޅެނީ މިވަގުތު މި އާއިލާއޭ ކިޔާފަ ފެތުރޭ ވާހަކައަކުން އާއިލީ ވިޔަފާރިއަށް އެކަމުގެ ވަރަށްބޮޑު އަސަރެއް ކުރާނޭ! މި ކަންތައް ޕަބްލިކާ ހަމައަށް ދިޔައިއްޔާ ސްކޫލް ޕްރޮޖެކްޓް އެއްކޮށް ފްލޮޕް ވީ. އެހިސާބުން ޒެފަންމެންވެސް ބޭނުންވާނީ ބޯ ދަމައިގަންނަން. ނުވިތާކަށް ވިޔަފާރީގެ ގޮތުން ބެލިޔަސް އަހަރުމެންގެ މައި މާކެޓަކީވެސް ސީދާ އާންމުންކަން ދަރިފުޅު ހަނދާން ކުރަންވާނެ. އެހެންވީމަ މި ކަންތައްގަނޑު އާއިލާގެ ތެރެއިން ބޭރަށް ދިޔަ ދީގެން ނުވާނެ!" މާޖިދު އަމުރުކުރި އެވެ.
"އެކަމަކު ބައްޕާ-"
"އައިލީންގާތުވެސް ބުނޭ އިހަށް މަޑުކޮށްލާށޭ! އައިލީން މި މައްސަލަ ފުލުހަށް ހުށަހަޅަން ބޭނުމިއްޔާ ނަދާލް ކޮންމެވެސް ގޮތަކުން ބަލާ އައިލީންގެ އަނގަ ބަންދުކުރެވޭނެ ގޮތެއް ހޯދޭތޯ! ފައިސާ ދީގެންވިޔަސް ވަރިހަމަ! އަހަރެން މިކަން މި ދޫކޮށްލަނީ ނަދާލްގެ އަތް މައްޗަށް!" ނަދާލްގެ ވާހަކަ އަޑުއެހުމެއްނެތި މާޖިދު ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދައްކާފައި ނަދާލްގެ ކަންފަތްމައްޗަށް ފޯނު ކަނޑައިލި އެވެ.
"މިހާރު އެނގިއްޖެތަ؟" އިވުނީ އައިލީންގެ އަޑެވެ. ނަދާލްއަށް ފުންނޭވާއެއް ދޫކޮށްލަމުން އައިލީންއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އައިލީން މޫނު އަނބުރައިލީ ދުރަށެވެ.
"ނަދާލް ނުބުންޏަސް އަހަރެންނަށް އެބަ އެނގެޔޭ އެ ދެއްކި ވާހަކަތައް. ނަދާލް ހީކުރީ އަހަރެން ރިޕޯޓުކުރަން ނުވިސްނާ ކަމަށްތަ؟ ފެތުރޭ އަޑެއްގެ ސަބަބުން ތި އާއިލާއަށް.. ވިޔަފާރިއަށް ވާނެ ގޮތަކާމެދު ނުވިސްނާ ކަމަށްތަ؟ މަންމަ.. ބައްޕަ.. ނުސްރާއްތަ.. މައި.. ނަ-" އައިލީން ވާހަކަ މެދުކަނޑައިލަމުން އިސްޖަހައިލި އެވެ. "އެންމެންދެކެ ވެސް އަހަރެން ވަރަށް ލޯބިވޭ! އެންމެންވެސް އަހަރެންނަށް ވަރަށް ރަނގަޅޭ! އަހަރެން ކިހިނެއްތަ އަހަރެންގެ އަމިއްލަ ހަމަޖެހުމަށްޓަކައި އެ އެންމެންގެ ދިރިއުޅުން ބަރުބާދު ކޮށްލާނީ؟ އަހަރެންނަކީ އެހާ އަމިއްލަ އެދުންބޮޑު މީހެއް ނޫނޭ!" ނަދާލް އަދިވެސް ހުރީ ހިމޭންވެފަ އެވެ.
"ކޮން އިރަކުން އަހަރެން ދޫކޮށްލާނީ؟" އަނެއްކާވެސް ނަދާލްއާ ކުރިމަތިވާހެން މޫނު އަނބުރައިލަމުން އައިލީން އެއްސެވެ.
"ސައިކޮލޮޖިކަލް އެގްޒާމްއަކަށްފަހު ދޫކޮށްލާނެ ކަމަށް ބުނެފަ އޮތީ؟" ނަދާލްގެ އަޑު މަޑެވެ. އޭނާގެ ސިކުނޑިވަނީ އޮޅުންބޮޅުން ވެފަ އެވެ.
"ނޫން އަހަރެންނަށް މިތާ އިނދެވޭކަށް ނެތް.. މާދަމާ މައިޝާން އޮފީހަށްވެސް ދާން ޖެހޭނެ-"
"ދަ ފަ* ހީ ވިލް!" ނަދާލްގެ ކަތުރުކަށިގަނޑަށް ބާރު ކޮށްލެވުނެވެ. "އޮފީހަކަށްވެސް ނޫން އޭނައަށް ވަދެވޭނީ! މިރެއަށްފަހު މައިޝާންއަކަށް އޮފީސްތެރެއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ އަދި އައިލީންއަކަށްވެސް އެ އެޕަރޓްމެންޓަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ. ސާފުވެއްޖެތަ؟" ނަދާލްގެ ދެލޮލުގައިވާ ނުރައްކާތެރިކަން ފެނި އައިލީން ޖެހިލުންވި އެވެ. އެއީ އަތުގަ ޖެހިއްޖެނަމަ މައިޝާން މަރާލާނަމޭ ބުނާފަދަ ނުރައްކާތެރިކަމެކެވެ. އެފަދަ ނުރައްކާތެރިކަމެއް މައިޝާންގެ ދެލޮލުންވެސް އައިލީންއަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް އައިލީން ހިތްވަރުކޮށްފައި އޭނާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކަންފެށި އެވެ.
"ތީ އޭ އަހަރެން މި ބުނާ ވާހަކައަކީ! ނަދާލްއަކަށް އަދިވެސް ނުވިސްނޭތަ އަހަރެން މި ކިޔާ އެއްޗެއް؟ ނަދާލްއަށް ފަސޭހައިން ކަންތައްތައް ކުރެވުނަސް އަހަރެންނަކަށް މައިޝާންގާތަށް ދިޔުން ނޫންގޮތެއް ނެތޭ! މި މާލޭގަ.. އަހަރެންކަހަލަ އަތުގަ ލޯ ލާރިއެއްވެސް ނެތް މީހަކު ކޮންތާކުތަ ހުންނާނީ؟" އައިލީންގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލަމުން ނަދާލް އައިލީންގެ އަތުގައި ހިފައިލި އެވެ. އަދި ހަމަޖެހޭށޭ ބުނާ ފަދައަކުން ދެލޯ މަރައިލުމަށްފަހު ބޯ ޖަހައިލި އެވެ.
************
އައިލީން ހޮސްޕިޓަލުން ދޫކޮށްލެވުނީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ. އެފަދަ ގަޑިއެއްގައި ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ނަދާލްގެ ބަހަށް "އިތުބާރު" ކުރުމަށްފަހު ނަދާލްއާއެކު ގެއަށްދާން އައިލީން ނިންމި އެވެ. ޖެހިލުންވެފައިހުރެ އޭނާ ނަދާލް އުޅޭ އެޕަރޓްމެންޓުގެ ދޮރުން އެތެރެއަށް ފިޔަވަޅެއް އަޅައިލި އެވެ. އެޕަރޓްމެންޓްގެ ކަނުން ކަނަށް ބީރައްޓެހި ނަޒަރެއް ހިންގައިލުމަށްފަހު ނަދާލްގެ އިޝާރާތަށް ސޯފާގައި އިށީނެވެ.
"މައި އެބައޮތް ވަރަށް ގުޅާފަ.. ބައްޕަވެސް" ސޯފާ މައްޗަށް ދޫކޮށްލާފައިދިޔަ ފޯނު ނަގައި އެ ހުޅުވައިލަމުން ނަދާލް ވާހަކަދެއްކި އެވެ. ނަމަވެސް އައިލީންއަށް ނަދާލް ދައްކަމުންދިޔަ ވާހަކަ އަޑު ނީވޭ ކަހަލަ އެވެ. އޭނާގެ ސިކުނޑިވަނީ މުޅިން އެހެން ދިމާލެއްގަ އެވެ. ނަދާލް ދިއްކޮށްގެންހުރި އެހީގެ އަތުގައި ހިފުމަކީ ހަމަ އެންމެ ރަނގަޅު ގޮތްބާއޭ އޭނާގެ ހިތަށް އަރަމުންދިޔަ އެވެ. މީގެ ހަތަރު މަސްކުރިން މައިޝާންވެސް އޭނާއަށް ދިއްކުރީ އެހީގެ އަތެކެވެ. އެ އަތުގައި ހިފުމަކީ އޭނާއަށް ކުރެވުނު މާ ރަނގަޅު ކަމެއްނޫނެވެ. އަދި އޭގެ ކުރިން އޭނާ އެއްފަހަރު ނަދާލްއަށްވެސް އިތުބާރު ކުރި އެވެ. އެ ނިންމުންވީ އަދި މާ ބޮޑަށްވެސް ގޯސް ނިންމުމަކަށެވެ. ވީއިރު، މިފަހަކަށް އައިސް އޭނާއަށް ނިންމުނު ހުރިހާ ނިންމުމެކޭވެސް އެއްގޮތަށް މި ނިންމުންވެސް ވާނީ ގޯސް ނިންމުމަކަށޭ އައިލީންގެ ހިތް ބުނަން ފެށި އެވެ.
"ނޯ ނޯ ނޯ! އަހަރެންނަކަށް މިތާކު ނުހުރެވޭނެ.. މިއީ އެންމެ ރަނގަޅު ގޮތެއް ނޫން" ދެވަނަ ފަހަރު ނަދާލްއަށް އިތުބާރުކުރަން އައިލީން ޖެހިލުންވި އެވެ. ހަށިގަނޑުގައި ހަރުލާފައިހުރި ތަދާއެކުވެސް އިންތަނުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ.
"ލޫނާ.. ލޫނާ އޭތް. ކޮންތާކަށް ތި ދަނީ" ނަދާލް އަވަސްއަވަހަށް އައިލީންގެ އަތުގައި ހިފައި ހުއްޓުވަމުން އައިލީންއާއި ދޮރާ ދެމެދަށް ހުރަސްވެލި އެވެ.
"ނަދާލް ހެޔޮނުވާނެ. އަހަރެން މިތާ ހުންނާކަށް ބޭނުމެއްނޫން. އަހަރެންގެ ހާލައިގެން އަހަރެން ދޫކޮށްލަބަލަ އާދޭސްކޮށްފަ މި ބުނަނީ. މާ ހެޔޮއެދޭ މީހަކަށް ވެގަނެގެން ނަދާލް މި ހުރިހާކަމެއް ތި ކުރަނީ މިއީ އަހަރެން ބޭނުންވާގޮތް ކަމަށް ނިންމައިގެންތަ؟" އައިލީންގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. "އަހަރެން ނަދާލްގެ ހަމްދަރުދީ ބޭނުމެއްނޫނޭ! ޑޫ ޔޫ ތިންކް އައި ވޯންޓް ދިސް؟"
"ޑޫ ޔޫ ތިންކް އައި ކެއަރ؟" އައިލީންގެ ވާހަކައާ ވިއްދައި ނަދާލްވެސް ހަޅޭއްލަވައިގަތެވެ. އެއާއެކު އައިލީން ދެލޯ ބޮޑުކޮށްލަމުން ނަދާލްއަށް ބަލައިލި އެވެ.
"ސޮރީ.. ދެޓް ކޭމް އައުޓް ދަ ރޯންގް ވޭ. އައި ޑޫ ކެއަރ އަބައުޓް ވަޓް ޔޫ ތިންކް އެކަމަކު.." ނަދާލްގެ އަޑަށް މަޑުމައިތިރިކަން ވެރިވި އެވެ. "ބުނަން މި އުޅެނީ.. އަހަރެން.. މިވަގުތު ލޫނާ އަހަރެންނާމެދު ދެކެނީ ކޮންގޮތަކަށްތޯ ބެލުން އަހަރެންނަކަށް މުހިއްމެއް ނޫނޭ. ލޫނާ ކޮންމެ ގޮތަކަށް ދެކުނަސް.. އަހަރެންނަކަށް ލޫނާ އޭނަ ގާތަށް ފޮނުވޭކަށް ނެތް.. އިޓްސް ޓޫ ޑޭންޖަރަސް. ފޯ ގޯޑްސް ސޭކް ލޫނާ.. ހީ އިޒް އަ ޓިކިން ޓައިމް ބޮމްބް. ދެން ކަމެއް ދިމާވާ ފަހަރަކުން އަހަރެންނަށް ލޫނާ ސަލާމަތްކުރަން ނުދެވުނިއްޔާ އޯ؟ ހޮސްޕިޓަލާ ހަމައަށް ނުގެންދެވުނިއްޔާ އޯ؟" އޭނާ ބުންޏެވެ. "އަހަރެންނަށް ލޫނާ ގެއްލުނިއްޔާ އޯ؟" އެންމެ ފަހު ސުވާލު ބާއްވައިލީ ނަދާލްގެ ހިތުގައެވެ،
"އެކަމަކުވެސް ވަރިހަމަ! އަހަރެންނަކަށް ނަދާލްގާތު ނުހުރެވޭނެ. އަހަރެން އެހެން ގޮތެއް ހޯދާނަން" އައިލީން މަސައްކަތްކުރީ ނަދާލްގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލުމަށެވެ. އެ ފުރުސަތު ނުދީ ނަދާލް މަޑުމަޑުން އައިލީންގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އަނެއްކާވެސް ސޯފާގައި ބޭންދި އެވެ.
"އައިލީން އަމިއްލައަކަށް ނޫންތަ ބުނީ އިތުރު ތަނެއް.. އިތުރު ގޮތެއް ނެތޭ؟ އަހަރެން މިއީ ގޮތެއް ހޯދައިދިނީނު! މައިޝާން ނޫން ގޮތެއް ފެންނަންދެން ލޫނާ ހުންނަންޖެހޭނީ އަހަރެންގާތު. ދެޓް އިޒް ނޮޓް އޯޕަން ފޯ ޑިސްކަޝަން!" ނަދާލް ފަހުބަސް އިއްވައިލި އެވެ.
"ކީއްވެ ނަދާލް؟ ކީއްވެ؟" އައިލީން އިސްއުފުލައިލަމުން ނަދާލްއާ ބައްދަލުކުރީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. އެއާއެކު ނަދާލްއަށް ލިބުނީ ހައިރާންކަމެކެވެ. މުޅި ރޭ ހޮސްޕިޓަލުގައި އެތައް ވޭނެއްގައި އޮތް އިރުވެސް އައިލީންގެ ލޮލުން މައިޝާންއަށްޓަކައި އެންމެ ކަރުނަތިއްކެއް ވެސް ވެއްޓުނުތަން އޭނާ ނުދެކެ އެވެ. ގެއަށް ގެނައުމާއެކު ކުއްލިއަކަށް މި ވީ ކީއް ހެއްޔެވެ؟ އައިލީން ހަމަ އެހާވެސް ބޮޑަށް މައިޝާންގެ ގާތަށް ދާން ބޭނުންވީބާއޭ އޭނާގެ ހިތަށްއެރި އެވެ.
"މައިޝާންގެ ބަދަލުގަ ނަދާލްއަށް އަހަރެން އިތުބާރުކުރަން ޖެހޭ އެންމެ ސަބަބެއް ނަދާލް ބުނެދީބަލަ؟" މިފަހަރު އައިލީން ކުރި ސުވާލާއެކު ނަދާލްގެ ހައިރާންކަން ވީ އިތުރެވެ.
"ޔޫ ކާންޓް ބީ ސީރިއަސް!" ނަދާލް ދެކޭ ގޮތުގައި އައިލީން އޭނާގާތު މަޑުކުރަންޖެހޭ ހުރިހާ ސަބަބެއް އޭނާ ވަރަށް ސާފުކޮށް ކިޔައިދީފި އެވެ.
"ނޯ އައި އޭމް! ޓެލް މީ! އަނިޔާ ނުކުރާތީތަ؟ ޑޫ ޔޫ ތިންކް ޔޯސެލްފް އަ ބެޓަރ މޭން ޖަސްޓް ބިކޯޒް ޔޯ ފޯމް އޮފް އެބިއުސް އިޒް ސަމްހައު ޑިފަރެންޓް ފްރޮމް ހިޒް؟" އައިލީންގެ ވަރުގަދަ ތުހުމަތާއެކު ނަދާލް ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ. އެހެނަސް އައިލީންގެ ލޮލުގައި ގިނަވެފައިހުރި ކަރުނަތައް ރޮނގުދަމާފައި ކޯތާފަތް މައްޗަށް ފައިބައިގެން ދިޔަތަން ފެނި އެ ސިހުމުގެ މައްޗަށް ހިތުގައިވާ ކަންބޮޑުވުން ގަދަވެގަތެވެ. އޭނާއަށް އަވަސްއަވަހަށް އައިލީންގާތު ކުޑަކަކޫ ޖަހައިލެވުނެވެ.
"މައްސަލައެއް ނެތް! މައިޝާން ޖެހީމަ އަހަރެންގެ ގައިގަ ލަކުނުލާ! ނޫފައިގަނޭ! އައި ބްލީޑް ފްރޮމް ސްކަރޒް ދެޓް މޭ އޯރ މޭ ނޮޓް ހީލް. ބަޓް ވަޓް އަބައުޓް ޔޫ ނަދާލް؟" އައިލީންގެ ވާހަކަހުރި މިސްރާބު ނަދާލްއަށް ފަހުމުވާން ފެށިއެވެ. "ޔޫ ބްރޯކް މީ ޓު އަ ޕޮއިންޓް ބިޔޯންޑް ހީލިންގް ނަދާލް! ނަދާލްގެ ސަބަބުން އަހަރެންގެ ހިތަށް ލިބުނު ޒަހަމުގެ ވޭނާ ގާތްކުރާ ވަރަށްވެސް ވޭން ލިބޭ ޒަހަމެއް.. މިއަދާ ހަމައަށްވެސް.. މިވަގުތާ ޖެހެންދެންވެސް.. އަހަރެންގެ ހަށިގަނޑަކު ނެތޭ! މައިޝާންއަށްވުރެން މާކުރިން.. މާ މާ ކުރިން.. ނަދާލް އަހަރެންނަށް ދުނިޔޭގެ އަނިޔާވެރިކަން.. ފިރިހެނުންގެ އަނިޔާވެރިކަން ދަސްކޮށްދީފި!" ނަދާލް އޭނާގެ ނަފްސު ދިފާއުކުރާކަށް ނޫޅުނެވެ. އައިލީންއަށް އެ ޝަކުވާކުރުމުގެ ފުރުސަތު ދޭން އޭނާ ބޭނުންވީ އެވެ. މީގެ ކުރިން އައިލީން ދުވަހަކުވެސް އަމިއްލަ ހައިސިއްޔަތަކުން، އަމިއްލަ ނަފްސަށްޓަކައި އެކަމުގެ ޝަކުވާ އޭނާގާތު ކޮށްފައެއް ނުވެއެވެ. އަބަދުވެސް ޝަކުވާކުރީ އިޒްކާއާ ދޭތެރޭ އޭނާ ކަންތައް ކުރި ގޮތާމެދުގަ އެވެ.
"އެއްވެސް އިރެއްގަ... އަހަރެން މައިޝާންގެ ފަރާތުން އޯގާތެރިކަމަކަށް އުއްމީދެއް ނުކުރަން. މައިޝާންއަކަށް އިތުބާރެއް ނުކުރަން. އެކަމަކު ނަދާލްއާއެކު އުއްމީދުވެސް ކުރިން.. އިތުބާރުވެސް ކުރިން! އަހަރެންގެ މާޒީއާއި ހުވަފެންތައް ނަދާލްއާ ހިއްސާކުރިން! ލޯތްބާއި އޯގާތެރިކަމަށް އަހަރެން ފެންބޮވައިގެންފައި ހުރި ވަރު ނަދާލްއަށް ހަމަ ރަނގަޅަށް އެނގޭނެ! ކުޑައިރުއްސުރެން.. މާމަ ފިޔަވައި.. އަހަރެންދެކެ ލޯބިވާނެ މީހަކު ނުހުންނާނެކަމަށް ނިންމައިގެން ހުއްޓާ އެކަން ބަދަލުކޮށްދިނީ ނަދާލް. ޔޫ ގޭވް މީ ފޯލްސް ހޯޕް ދެޓް އައި ކޭން ބީ ލަވްޑް ޓޫ!" އައިލީންގެ އަޑު މަޑެވެ. އޭނާގެ ބޮޑު ދެލޯ ވަނީ ކަރުނައިން ފޯވެފަ އެވެ. އެ ދެލޮލުގައިވާ ޝަކުވާތަކަށް ކެތްނުވެގެން ނަދާލް ކުށްވެރިއަކު ފަދައިން އިސްޖަހައިލި އެވެ.
"ދަ ވޭ ޔޫ މޭޑް މީ ފީލް ސޯ ސްޕެޝަލް.. ދަ ވޭ ޔޫ އެމްބްރޭސްޑް މީ.. ނުވެސް ދެނެ ހުއްޓާ އައި ފައުންޑް މައިސެލްފް ގެޓިންގް ލޮސްޓް އިން ޔޯ އައިޒް.. ޑްރައުނިންގް އިން ޔޯ ސްމައިލް.. ޓޭންގްލްޑް އިން ޔޯ ސްކިން.. ނަދާލްއަށް އެއީ އާދައިގެ ކަމަކަށްވިޔަސް.. އަހަރެންގެ މޮޔަ ހިތަށް ވިސްނުނީ އެއީ ލޯބިކަމުގަ. އައި ލަވްޑް ޔޫ ނަދާލް!" އައިލީންގެ ދުލުން ބޭރުވި އިގުރާރުގެ ބަސްތަކާއެކު ނަދާލްގެ ބަނޑުގައި ކޮކާލުގެ ލަޝްކަރެއް އުދުހިގަތެވެ. އެހެނަސް އެ ބަސްތަކުން އޭނާ އުއްމީދުކުރިފަދަ ފިނިކަމެއް ހިތަށް ލިއްބައި ނުދިނެވެ. ވަގުތާއި ހާލަތުގެ ސަބަބުން ހިތަށް ލިބިގެންދިޔައީ އިތުރު ވޭނެކެވެ.
"އެކަމަކު މިހާރު އަހަރެން ނަދާލްއަށް ނަފްރަތުކުރަން! އެހެން އެކަކަށްވެސް ނުކުރާ ވަރަށް! ބިކޯޒް އޭޒް ކްލީޝޭ އޭޒް ދިސް ސައުންޑްސް.. ޔޫ މެނިޕިއުލޭޓެޑް މީ! އަހަރެންގެ ބަލިފައި އެނގިހުރެ.. އަހަރެންގެ ބަލިކަށިކަމާއި އެކަނިވެރިކަމުގެ ފައިދާ ނަގައިގެން ނަދާލް އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަތީ! އަހަރެންގެ އިތުބާރާއި، އުއްމީދުތަކާއި. އިއްފަތްތެރިކަން.." އައިލީން އިރުއިރުކޮޅާ ނޭފަތް ދަމައިލަމުން ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަ އެވެ. ނަދާލްގެ ކުރިމަތީގައި ރޯން ބޭނުން ނުވިޔަސް އެކަން ދިޔައީ ނާކާމިޔާބު ވަމުންނެވެ.
"ލޫނާ" ނަދާލް އަދިވެސް އިނީ އިސް އުފުލައިލަން ނުކެރިފައެވެ. "އައިމް ސޮ-"
"ނޫން!" ނަދާލްގެ އަޑު އަހާކަށް އައިލީން ބޭނުމެއް ނުވި އެވެ. "ދެން ހެޔޮ.. އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން!. ނަދާލް އައި.. އައި ޑޯންޓް ކެއަރ އިފް އިޓް ވޯޒް އޮންލީ މައި ބޮޑީ ޔޫ ޔޫސްޑް... ބަޓް ވައި ޑިޑް ޔޫ ބްރޭކް މައި ހާރޓް އިން ދި ޕްރޮސެސް؟ ޔޫ ޓުކް އެވްރީތިންގް ފްރޮމް މީ! ޔޫ! ޓުކް! އެވްރީތިންގް! ފްރޮމް! މީ!" އެންމެފަހު ޖުމްލައާއެކު އައިލީންގެ ބަޑި ފަޅައިގެންދިޔަ އެވެ. ގިސްލަގިސްލާފައި ރޮއެގަތް ގޮތުން ނަދާލްގެ ހިތަށް ނުހަނު އަސަރުކުރި އެވެ. އެފަދަ ވޭނީ ރުއިމެއްގެ އަޑު އޭނާ ދުވަހަކުވެސް އަހައިފައެއް ނުވެ އެވެ. ހަގީގަތުގައިވެސް އޭނާއަށް އައިލީންގެ މައުސޫމު ހިތަށް ވަރަށް އަނިޔާ ދެވިއްޖެތާ އެވެ؟ ނަދާލްގެ ހިތަކަށް ދެން ކެތެއްނުވި އެވެ. އަވަސް ހަރަކާތަކާއެކު އައިލީންގެ ހަށިގަނޑުގައި ބައްދައިލަމުން އައިލީންގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.
"ލޫނާ.. ލޫނާ އައި.. އައިމް ސޮރީ އައި-" ނަދާލްގެ އަޑު ކުރެހުނެވެ. ލަގޮނޑިއަށް ބާރުކުރަން ފެށުމާއެކު ހިތްވަރުކޮށްފައި ހިންދިރުވައިލަމުން ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރި އެވެ. "އައި ހޭވް ބީން ސްޓުޕިޑް. އަހަރެން.. އަހަރެން ލޫނާއަށް އަނިޔާދޭކަށް.. ހިތުގަ ޖައްސާކަށް ބޭނުމެއްނޫނޭ! ލޫނާ އަހަރެން-" ނަދާލްގެ ވާހަކަ މެދުކެނޑުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އެއާއެކު އައިލީން މަޑުމަޑުން ނަދާލްގެ އަތުތެރެއިން ވީއްލިގަތެވެ. މޫނާއި ދެލޯ ފޮހެލުމަށްފަހު ރުއިން ހުއްޓައިލެވޭތޯ މަސައްކަތް ކުރަމުން ސޯފާމަތިން ނަދާލްގެ ފޯނު ހޯދައިލި އެވެ.
"ޔޫ ޝުޑް ގެޓް ދިސް" ޑިސްޕްލޭއަށް އަރާފައިވާ ނަން ފެނުމާއެކު އައިލީންގެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ނަދާލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިންތަނުން ތެދުވި އެވެ. އަދި އައިލީން ދިން ފޯނު ކަންފަތުގައި ޖަހައިލަމުން ބެލްކަންޏަށް ނުކުތެވެ.
"ޔެސް އިޒޫ؟"
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ