ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން [މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން] ގެ މެންބަރުކަމަށް ތިރީގައި ދަންނަވާފައިވާ ބޭފުޅުން އިންތިޚާބުވެފައިވާތީ، އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން، އެ ކޮމިޝަނުގެ މެންބަރުކަމަށް އެ ބޭފުޅުން މިއަދު ވަނީ ހަމަޖައްސަވާފައެވެ.
އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 (ހަތަރެއް) މެންބަރުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ