ފީތައް ދައްކަން އެއްބަސްވުމުން ވޯކްޕާމިޓުތައް ބާތިލްކޮށްދެނީ

ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވުމުން، ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލްކޮށްދޭން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީ އިން ބުނީ މިއަދުން ފެށިގެން އެ ބަދަލު ގެނައީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ތަފްސީލް - މިއަދުން ފެށިގެން ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލާ، އެ ފީތައް ފަހުން ދެއްކުމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވޯކް ޕާމިޓްތައް ބާތިލުކުރެވޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ބާތިލުކުރާ ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރާނީ އެ ޕާމިޓަކާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް އެއްކޮށް ދެއްކުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ