ރައީސުން ޖަލަށް ލުމަކީ ކުރީ ސަރުކާރުތަކުގެ ހޮބީއެއް ކަމަށާއި، އެހެންނަމަވެސް މިސަރުކާރުގައި އެކަން އެހެން ނުހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއް ރައީސް ވިދާޅުވީ ރާއްޖޭގައި މީގެކުރިން އަބަދުވެސް އޮތީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހު ކަމަށެވެ. ސިޔާސީ މީޙުން ޖަލަށްލުމާއި އެފަދަ ކަންކަން އޮތް ކަމަށާއި އެހެންނަމަވެސް މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސިޔާސީގޮތުން ބަންދުކުރި އެއްވެސް މީހެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވެރިއަކު ނުވަތަ ހާއްސަކޮށް ކުރިން ވެރިކަން ކުރި މީހަކު ޖަލަށް ލާފަ ނޯންނާނެ ކަމަށާއި އެއީ ކުރީ ސަރުކާރުތަކުން ހޮބީއެއްގެ ގޮތުގައި ކުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”ސިޔާސީ ޕާޓީތައް ފުލީ ހަމަ އޮޕަރޭޓް އެބަކުރޭ މިނިވަންކަމާއިއެކީގައި. އެހެންވީމާ ސިޔާސީ ހަމަޖެހުން އަޅުގަނޑު ގެނެސްދީފިން ގައުމަށް“
ރައީސް ވިދާޅުވީ މިއަދު ސިޔާސީ މީހަކަށް ވެގެން ނުވަތަ ސިޔާސީ މަސައްކަތް ނުކުރެވި އެކަމަށް ބިރު ގަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވެފައި އަދި ގާނޫނުއަސާސީގައި ވެސް ވަކި ކަންތައްތަކެއް އޮތުމުން އެކަންކަން ސިޔާސީ މީހަކަށް ވިޔަސް ނުވިޔަސް އެކަން ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުން ޖަލަށް ލުމަކީ ކުރީ ސަރުކާރުތަކުގެ ”ހޮބީއެއް“؛ މިހާރު އެ ބިރެއް ނެތް: ރައީސް މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ