ސިއްޙީ ދާއިރާގެ ކުރިއެރުމަށް 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިއަށް

މިދިޔަ ދޮޅު އަހަރު ތެރޭގައި ސިއްޙީ ދާއިރާގެ ކުރިއެރުމަށް 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުތަކުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 60 މަޝްރޫޢު މިހާރު ވަނީ ފެށިފައެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި ހުރި ހޮސްޕިޓަލްތަކުގެ ތަރައްޤީއަށް އަމާޒުކޮށްގެން ފަށާފައިވާ މަޝްރޫޢުތަކެކެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައިސިއްޙީ ދާއިރާއަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ރަށެއްގައި ވިޔަސް އެކަށީގެންވާ ސިއްޙީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ވީރާނާވަމުންދާ ސިއްޙީ މަރުކަޒުތަކާއި ލެބޯޓަރީތައް ރަނގަޅުކޮށް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އަތޮޅު ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ