ވ. އާރަށް ކުއްޔަށް ދެމުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ބަލަން އެންގި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތްކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް، މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މި އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެވެ.
ޔާމީނާ ދެކޮޅަށް ހުރި އާ ހެކިތައް ބަލައިގަންނަން ހުކުމްކޮށްފިއެ ހެކިތައް އެއްފަރާތްކޮށްގެން ޝަރީއަތް ފަށަން ހައި ކޯޓުން ނިންމި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެހެންވެ ސުޕްރީމް ކޯޓުން އާ ހެކިތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތް ވެސް އޮތީ، ސުޕްރީމް ކޯޓުން ކުރި އަމުރަކުން މަޑުޖައްސާލައިފަ އެވެ.
ތަފްސީލް - މި މައްސަލާގައި ހުކުމްކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހުކުމް އިއްވަވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކަށް ބަލާފައި އާ ހެކިތައް އަލުން ހުށަހަޅަން ފުރުސަތު ދޭން ޖެހޭ ކަމަށް ދައުލަތުން ހައި ކޯޓުގައި ވަކާލާތުކުރަން ފުރުސަތު އޮތް ކަމަށެވެ. އެ ގޮތުން:
އެ ފުރުސަތު ނެތް ކަމަށް ދައުލަތުން ބުނާ ވާހަކައަށް އެއްވެސް ބުރަދަނެއް ނެތް
ތަފްސީލް އަންނަނީ..
ޔާމީނާ ދެކޮޅަށް ހުރި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ