މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖޭން ދިޔަ ހުރިހާ ހައްޖުވެރިން ހެޔޮ ހާލުގައި މިހާރު ތިބީ މިނާގައި ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ދިވެހި ހުރިހާ ހަައްޖުވެރިން މިހާރު ތިބީ މިނާގައި ކަަމަށެވެ. އަދި މިރޭ އަރަފާތަށް ދިއުމަށް ދަތުރު ފަށާނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.
ހައްޖު މިޝަންގެ ވެރިޔާ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިހް އިމްތިތާއު އައްބާސް ވިދާޅުވީ، ދިވެހި ހައްޖުވެރިންގެ ހުރިހާ އެންމެންވެސް މިހާރު މިނާއަށް ފޯރާފައިވާ ކަމަށާއި، އަދި އެފަރާތްތަކުގެ ހައްޖުގެ އަޅުކަން މިހާރު ފެށިފައިވާކަަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ދިވެހި ހުރިހާ ހަައްޖުވެރިން މިހާރު ތިބީ މިނާގައި ކަަމަށެވެ. އަދި މިރޭ އަރަފާތަށް ދިއުމަށް ދަތުރު ފަށާނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެފައި ވެއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާގޮތުގައި ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން ދަނީ ދެމުންނެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށާއި ދިވެހި ސަރުކާރުން އަބަދު ވެސް ހާޖީންނަށް ގާތުން ހިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.
މިއަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަރަފާތު ދުވަހަކީ މި މަހުގެ 26 ވާ އަންގާރަ ދުވަހެވެ. އަދި މިއަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ.
ރާއްޖެއިން ޙައްޖަށްދިޔަ އެންމެންގެ ހާލު ރަނގަޅު، ތިބީ މިނާގައި: ހައްޖު މިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ