އާ ދާއިރާތަކުން އަންދާޒާކުރި އާމްދަނީ ވަނީ ލިބެން ފަށާފަ : ސީއީއޯ

އެމްޕީއެލްއިން ދަނީ މެރިޓައިމް ސިނާއަތް ފުޅާކުރަން ގިނަ ޕްލޭންތައް ހަދައި ގިނަ މަސައްކަތް ކުރަމުންނެވެ.
އެމްޕީއެލް އަލަށް ނުކުތް މެރިޓައިމް ވިޔަފާރިއާއި އެހެނިހެން އާ ދާއިރާތަކުން އަންދާޒާ ކުރި އާމްދަނީ ލިބެން ފަށާފައިވާ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގައި ކުރިއްސުރެ ހިދުމަތް ކުރެއްވި ސީއީއޯ ވަޖީހު ވިދާޅުވީ މިހާރު ފަށާފައިވާ ވިޔަފާރިތަކުން އަންދާޒާކުރި އާމްދަނީ ލިބެން ފަށާފައިވާ ކަމަށާ ކުރިއަށް އޮތްތަނުގައިވެސް އާމްދަނީ ފުޅާ ވެެގެންދާނެ ކަމަށެވެ."ދުވަހުން ދުވަހަށް ދަނީ ރަނގަޅުވަމުން. މެރިޓައިމް ވިޔަފާރީގެ ފުރުސަތުތައް ދަނީ ހުޅުވެމުން،" ވަޖީހު ވިދާޅުވި އެވެ.ރާއްޖެ އޮތް ސަރަހައްދުގެ ސްޓްރެޓެޖިކް އިގްތިސޯދީ މަންފާ ހޯދުމުގެ ގޮތުން ސަރުކާރުން ފެށި ބަންކަރިންގެ ވިޔަފާރީގެ ހަވާސާގައި ގިނަ ވިޔަފާރި ތަކެއް ކުރަން އެމްޕީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ. އެމްޕީއެލްއިން ވަނީ މެރިޓައިމް ދާއިރާ އިން ގިނަ ވިޔަފާރި ތަކެއް ކުރަން ފަށާފަ އެވެ.
އެމްޕީއެލް އިން ދަނީ ރާއްޖެ ސަރަހައްދުން ދަތުރުކުރާ ބޯޓު ފަހަރުގެ ކްރޫއިން ބަދަލު ކުރުމާއި ބޯޓު ފަހަރަށް ފެން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުންފަދަ ގިނަ ވިޔަފާރިތަކެއް ކުރަން ފަށާފަ އެވެ.ސީއީއޯ ވަޖީހު ވިދާޅުވީ އެމްޕީއެލް އިން ކްރޫއިން ބަދަލު ކުރަން ފެށި ވިޔަފާރި އިން މިދިޔަ ހަފުތާގައި ވަނީ ރާއްޖެ ސަރަހައްދުން ދަތުރު ކުރި ގޭސް ޓޭންކަރެއްގައި ތިބި 11 ކްރޫއިން ރާއްޖޭން ފުރުވާލައި އިތުރު 11 ކްރޫއިން  އެ ބޯޓަށް އަރުވާފައި ކަމަށެވެ. އެ ދުވަހު އެކަނި ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް އެކަށީގެންވާ އަދަދެއް ލިބިފައިވާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.ކްރޫއިން ބަދަލު ކުރުމަކީ މެރިޓައިން ސިނާއަތުގައި ރަނގަޅު އާމްދަނީއެއް ލިބޭ ކަމެވެ. ކޮވިޑް-19 ގެ ދުވަސްވަރު ވެސް އެމްޕީއެލް އިން މި ވިޔަފާރި ކުރި އެވެ، އެ ދުވަސްވަރު އެމްޕީއެލް އަށް މަހެއްގެ މައްޗަށް 40 މިލިއަން ރުފިޔާގެ އާމްދަނީ ލިބުނު ކަމަށްވެ އެވެ.
އެމްޕީއެލްގެ އިސްނެގުމަކަށް ދާދިފަހުން ވަނީ ވައިގެ މަގުން މުދާ އެކްސްޕޯޓް ކުރުމުގެ ސީ ޓު އެއާ ކާގޯ ވިޔަފާރިވެސް ފަށާފަ އެވެ. ރާއްޖޭގެ ސީ ޓު އެއާ ކާގޯ ހަ ގައުމަކަށް 700 ޓަނަށްވުރެ ގިނަ މުދާ ދަނީ އެކްސްޕޯޓް ކުރަމުންނެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް ނެގުމަކަށް ފެށި މި ވިޔަފާރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 700 ޓަނަށްވުރެ ގިނަ ކާގޯ އައި 147 ޓީޔޫއެސްގެ މުދާ ވަނީ ބޭރުކޮށްފަ އެވެ. އަދި މިހާރު ދުނިޔޭގެ އަށް އެއާލައިންއަކުން ދަނީ ރާއްޖެ އިން ދަނީ މުދާ އުފުލަމުންނެވެ.
މި ވިޔަފާރި ރާއްޖޭގައި މިހާތަނަށް ކުރީ ވަރަށް ކުޑަކޮށެވެ. ސަބަބަކީ މި ވިޔަފާރި ކުރަން ސަރުކާރުގެ ގިނަ ކުންފުނިތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހުނުނަމަވެސް އެކަން ނުވެ އޮތުމެވެ. މި ވިޔަފާރި ފަށަން ވާހަކަ ދެއްކިނަމަވެސް މިކަން ނުފެށި އޮއްވައި މިކަން ފަށާފައިވަނީ މި ސަރުކާރު އައިފަހުންނެވެ. މި ވިޔަފާރި ހިނގާ ގޮތަކީ ރާއްޖެ އަށް ކަނޑުމަގުން މުދާ އައުމުން ކޮންޓެއިނާ ހުރި ގޮތަށް ނުވަތަ އޭގައި ހުރި މުދާ ވަކިކޮށްގެން އެމްޕީއެލްގެ އެހީތެރިކަމާއެކު ވީއައިއޭ އަށް ގެންގޮސް އޭގެ މަންޒިލަށް ފޮނުވުމެވެ. މި މަސައްކަތުގައި ކަސްޓަމަސް އާއި އިމިގްރޭޝަން އަދި އެމްއޭސީއެލް އެއްކޮށް މަސައްކަތް ކުރެ އެވެ. ކަނޑުމަގުން ރާއްޖެ ގެންނަނީ ދުނިޔޭގެ ބޮޑެތި ފެކްޓްރީތަކުގެ މުދާ ޔޫރަޕަށް ގެންދަން ހުންނަ މުދަލެވެ. މި މުދަލަކީ ކަނޑުމަގުން ގެންދިއުން ލަސްވުމުގެ ސަބަބުން ލަސްވާ މުދަލެވެ.
އެމްޕީއެލްއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ކަންކަން ފަށަން ތައްޔާރު ވަމުންނެވެ. ތިލަފުށްޓާއި ކުޅުދުއްފުށީގައި ބޯޓު ބިލްޑިން ފަށަންވެސް ޕްލޭންކޮށްފައިވެ އެވެ. އަދި އުލިގަމްގައި ޔޮޓް މެރީނާއެއް ހެދުމާއި ލ.ގައި ކްރޫޒް ޓާމިނަލެއް ހެދުންވެސް މިއީ ޕްލޭނެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ