އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯޅަ މުބާރާތް: ދިރާގާއި ކޭއާރުއެޗުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފާރޮށި އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމެންޓް މިއަދު ފެށިއިރު ފުރަތަމަ މެޗުން ކުލަބް ކޭއާރުއެޗާ ދިރާގު އެއްވަރުވެއްޖެ އެވެ.
ކުޅުދުއްފުށީ ކޮރަލް ދަނޑުގައި ކުރިއަށް ގެންދާ މި ފުޓްބޯޅަ މުބާރާތް ކޭއާރުއެޗާ ދިރާގުގެ ކުރިމަތިލުމަކުން މިއަދު ހަވީރު ފެށުނުއިރު ފޯރިގަދަ ކުޅުމެއް މިމެޗުގައި ވަނީ ފެނިގެންގޮސްފަ އެވެ. 1 - 1 ން އެއްވަރުވެގެން މިއަދުގެ މެޗު ނިމުނު ނަމަވެސް ދެޓީމުގެ ފަރާތުން ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ.
ހަމަހަމަކޮށް ނިމިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކޭއާރުއެޗުންނެވެ. މުހައްމަދު ނަޝީދު (ފޯވާޑް)ގެ ލަނޑުން މެޗުގެ ވަރަށް ކުރީކޮޅު ކޭއާރުއެޗުން ލީޑު ނެގި އެވެ. އެހެންނަމަވެސް މިލީޑުގައި ކޭއާރުއެޗަށް ހިފަހައްޓާލެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. 6 ވަނަ މިނެޓުގައި ފޯވާޑް ލަނޑުޖެހި ނަމަވެސް 7 ވަނަ މިނެޓުގައި އަހްމަދު ޝާހީން ބަޝީރުގެ ލަނޑުން ދިރާގުން ނަތީޖާ ހަމަކުރި އެވެ.
ކޭއާރުއެޗާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
ކޭއާރުއެޗާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
ކޭއާރުއެޗާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
ކުލަބް ކޭއާރުއެޗު-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
އެއްވަރުކޮށް މެޗު ނިމުނުއިރު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލަބް ކޭއާރުއެޗުގެ ކުޅަދާނަ ފޯވާޑް މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ކޭއާރުއެޗުން ޖެހި ހަމައެކަނި ލަނޑުވެސް ޖަހައިދީފައިވަނީ ފޯވާޑެވެ.
ކުލަބް ކޮރަލްސްއިން މިފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއް އޮފީސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަގްސަދަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރި ކަމާއި ކުޅިވަރުގެ ރޫހް އާލާކުރުމާއިއެކު ފުޓްބޯޅަ އަށް ޝައުގުވެރި ކުރުވުމުގެ އިތުރުން ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު، ސަރުކާރު އޮފީސް އަދި ކުންފުނި ތަކުގެ ކުޅުންތެރިންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުންކަމަށް ކުލަބް ކޮރަލްސްއިން މައުލޫމާތުދެ އެވެ.
ފީފާ ފުޓުބޯލް ލޯސް އޮފް ދަ ގޭމް 2022 / 2023 އާ އެއްގޮތްވާ ގޮތު ގެ މަތިން ކުޅެވޭ މި ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 4 ޓީމަކުން ވާދަކުރެ އެވެ. އެއީ ކުލަބް ކޭއާރުއެޗާއި ދިރާގުގެ އިތުރުން ޓީމް އާރްސީއެލްއާއި ކުލަބް ކޭސީޕީ އެވެ. ގްރޫޕް ސްޓޭޖުގެ އުސޫލުން ކުޅޭ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 2 ވާ އާދިއްތަ ދުވަހުގެ ހަވީރު އެވެ.
ކޭއާރުއެޗާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ނަޝީދު (ފޯވާޑް)-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
ކޭއާރުއެޗާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
ދިރާގު-- ފޮޓޯ: ކުލަބް ކޮރަލްސް/ޖައުފަރު އަލީ
މުބާރާތުގައި ގިނަ ވަނަތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ ކޮންމެ މެޗެއްގަ މޭން އޮފް ދަ މެޗް، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކީޕަރު، އެންމެ މޮޅު ޑިފެންޑަރު، އެންމެ މޮޅު މިޑްފީލްޑަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗާއި ފެއަރ ޕުލޭ ޓީމެވެ. މިއިން ކޮންމެ ވަނަކަށް ޓްރޮފީ ހަވާލުކުރެވޭނެ އެވެ.
ރަނަރއަޕް ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް ހަވާލުކުރެވޭއިރު ޗެމްޕިއަން ޓީމް ތިރީސްހާސް ރުފިޔާ އަދި މެޑަލް ހަވާލުކުރެވޭނެ އެވެ. މިއީ ކުޅުދުއްފުށީގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.
މާދަމާ މިމުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް އާރްއޭސީއެލް އަދި ކުލަބް ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު ކޮރަލް ދަނޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ