މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރު އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކައުންސިލަރުން އިންތިހާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދާނެތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިހާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
”ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،“ މުއްތަލިބް ވިދާޅުވި އެވެ.
ސަރުކާރުން ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން: މުއްތަލިބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ