ކުޑަކުއްޖަކު މަގުމަތިން ހިފަހައްޓައި އަނިޔާކުރި މީހަކު 8 މަހަށް ޖަލަށް

މިދިޔަ ސެޕްޓެމްބަރު މަހު ސުނާމީ ބިނާ ސަރަހައްދުގައި ހުރި ކުޑަކުއްޖަކު އެ ތަނުން ނުދެވޭ ގޮތަށް ހިފަހައްޓައި، އަނިޔާކުރި މައްސަލައެއްގައި މީހަކު އަށް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ އިބްރާހީމް ނާއިލް، ވިލާޑީލައިޓް/ ވ. ރަކީދޫގެ މައްޗަށެވެ. އޭނާއަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެ ގޮތުން:
އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
ރުހުމެއް ނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ
ތަފްސީލް - މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި ނާއިލް ވަނީ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޝަރީއަތުން އަދަބު ކަނޑައެޅީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ. އެ ގޮތުން:
އަނިޔާއެއް ދިނުމުގެ ކުށަށް 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް
މީހަކު ހިފެހެއްޓުމުގެ ކުށަށް 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް؛ ޖަލުގައި ހޭދަކުރި ދުވަސް އުނިކުރުމުން ތަންފީޒުކުރަން ޖެހޭނީ 6 މަހާއި 1 މަސް
މި މައްސާލަގައި އިތުރު މީހެއްގެ މައްޗަށް މީހަކު ދައުލަތުން ދައުވާކޮށްފައިވެ އެވެ. މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އުފުލިކަން ހުކުމުން އެނގުނު ނަމަވެސް އެ މީހާގެ މައްސަލާގައި ގޮތެއް ނިންމިކަން ހުކުމުން ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ