މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ ރިސާޗު ކޮންފަރެންސް، 'އެމްއެމްއޭ ރިސާޗު ކޮންފަރެންސް 2026'އަށް ދިރާސާ ކަރުދާސްތަކުގެ ހުލާސާ ނުވަތަ އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 'މެކްރޯ އިކޮނޮމިކް އެންޑް ފައިނޭންޝަލް ސްޓެބިލިޓީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަމިޑް ސްޓްރަކްޗަރަލް އެންޑް ގްލޯބަލް ޓްރާންސިޝަންސް' މައުލޫގެ ދަށުންނެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އެއްތަނަކަށް އެއްވެ، މިހާރު ކުރިމަތިވަމުންދާ އިގްތިސާދީ އަދި ސިޔާސަތުތަކާ ގުޅުންހުރި މައްސަލަތަކުގެ މައްޗަށް އާ ދިރާސާތައް ހުށަހަޅައި އެކަންކަމާ މެދު މަޝްވަރާ ކުރުމެވެ.
މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ދާއިރާގެ ތަޖުރިބާކާރުން އަދި އެކަޑެމިކް ދާއިރާގެ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހިކޮށް، ރާއްޖެއާ ގުޅުންހުރި ދިރާސާތައް ކުރުމަށް އެހީތެރިވެދިނުމަކީ ވެސް މި ކޮންފަރެންސްގެ އަމާޒެކެވެ.
ތަފްސީލް - މި އަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ހަމަޖެހުން ގާއިމުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވެދޭނެ ގޮތްތަކުގެ މައްޗަށެވެ. މިއީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމަށް ބޭނުންވާ ދިރާސާތަކަށް ފަހި މާހައުލެއް ފޯރުކޮށްދޭނެ ހަރަކާތެކެވެ.
ދިރާސާ ކަރުދާސް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
މަނިޓަރީ ޕޮލިސީ
އިސްލާމިކް ފައިނޭންސް
ފިސްކަލް ސަސްޓެއިނަބިލިޓީ
ޑިޖިޓަލް ފައިނޭންސް
މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ނުރައްކާތައް
މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނާއި އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި މަރުކަޒީ ބޭންކުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކާއި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
ހުށަހަޅާ އެބްސްޓްރެކްޓް ހުންނަންވާނީ:
އިނގިރޭސި ބަހުން، މައިކްރޯސޮފްޓް ވޯޑް ފޯމެޓަށް
އޭގެ ދިގުމިނުގައި 150 އާއި 250 ބަހާ ދެމެދު ހުންނަންވާނެ
އެބްސްޓްރެކްޓްގައި ލިޔުންތެރިޔާގެ އެއްވެސް މައުލޫމާތެއް ހިމަނައިގެން ނުވާނެ
އެ މައުލޫމާތުތައް ހިމަނަންވާނީ ހަމައެކަނި ސަބްމިޝަން ފޯމުގައި
އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ:
އަންނަ މަހުގެ 20
ހޮވޭ އެބްސްޓްރެކްޓްތަކުގެ ވެރިފަރާތްތަކަށް 3 ޖޫންގައި މައުލޫމާތު ދޭނެ
ފުރިހަމަ ކަރުދާސް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 3 ސެޕްޓެމްބަރު
އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް
އެމްއެމްއޭ ރިސާޗު ކޮންފަރެންސަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ