ސައުތް އޭޝިޔާ ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިވެހިރާއްޖެއިން ދަމަހައްޓައިފި އެވެ. މިއީ ރާއްޖެއިން މި މަގާމު ހޯދި ހަތްވަނަ ފަހަރެވެ.
ހެންލީ އެންޑް ޕާޓްނާސްއިން ކޮންމެ އަހަރަކު ނެރޭ ގްލޯބަލް ޕާސްޕޯޓް ރޭންކިންގުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދުނިޔޭގެ ރޭންކިންއަށް ވުރެ މިއަހަރު ރާއްޖެ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. މިދިޔަ އަހަރުގެ ރޭންކިންގެ 53 ވަނައިގަ އެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ 52 ވަނައިގަ އެވެ.
ރާއްޖެއިން ވިސާ ނެތި 92 ގައުމަކަށް ދަތުރު ކުރެވެ އެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގެ އެއް ވަނައިގައި ރާއްޖެ އޮތް އިރު ދެ ވަނައިގައި އޮތީ އަވައްޓެރި އިންޑިއާ އެވެ. ނަމަވެސް އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގެ 80 ވަނައިގަ އެވެ. އެގައުމުން ވިސާއާ ނުލައި އެ ޕާސްޕޯޓުގައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ.
ސައުތް އޭޝިޔާގެ 3 ވަނައިގައި ބޫޓާން އޮތްއިރު އެގައުމުން ވިސާއާނުލައި ދަތުރުކުރެވެނީ 50 ގައުމަކަށެވެ. އެ ލިސްޓުގެ އެންމެ ފުލުގައި މިފަހަރުވެސް އޮތީ އަފްގާނިސްތާނެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓު އޮތް ގައުމުގެ މަގާމު މިއަހަރުވެސް ހޯދާފައިވަނީ ސިންގަޕޫރެވެ. އެ ގައުމުގެ ޕާސްޕޯޓުން 192 ޤައުމަކުން އޮންއެރައިވަލް ވިސާ ލިބެއެވެ.
ދެކުނު އޭޝިޔާގެ އެންމެ ވަރުގަދައީ އަދިވެސް ރާއްޖޭގެ ޕާސްޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ