ޗެނެލް 13 އިން ދެއްކި ޕްރޮގްރާމެއްގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި ޗެނެލް 13 އިން ދެއްކި ޕްރޮގްރާމެއްގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި

ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލަ މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ކޮންޓްރޯލް ކޮމިޝަނުން ބަލަމުން ދަނީ ޗެނެލް 13 އިން ޖެނުއަރީ 7، ގައި ގެނެސްދިން 'ޓޫ ޕޮއިންޓް އޯ' ޕްރޮގުރާމުގައި ދެއްކި ސަމާސާ ވާހަކައެއްގެ މައްސަލަ އެވެ. އެ ޕްރޮގްރާމު ހުށަހަޅައިދިން އަބްދުالله އެ ރޭގެ ޕްރޮގްރާމުގައި ހުސް ފޯނަކުން އެމެރިކާގެ ރައީސްއާ ވާހަކަދައްކާ ކަމަށް ދައްކައި ބުނީ، ވެނެޒުއޭލާގެ ރައީސްގެ ބަދަލުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންދިޔަނަމަ، މާ އުފާވީސް ކަމަށެވެ.
އެ ވާހަކައާ ގުޅޭ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފެށީ ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި 'ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، މައުލޫމާތު ހާމަކުރަން ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރަންވާނެ' ކަމަށް ބަޔާން ކޮށްފައިވާ މާއްދާއާ ހިލާފުވި ކަމަށް ބުނެ އެވެ.
ޗެނެލް 13 ގެ ޕްރޮގްރާމުގައި ދެއްކި ވާހަކައާ ގުޅިގެން އަންނަ ހޯމަ ދުވަހުގެ ކުރިން ޖަވާބުދާރީވުމަށް ކޮންޓްރޯލް ކޮމިޝަނުން އެ ޗެނެލަށް އަންގާފައިވެ އެވެ.
މިއީ، ކޮންޓްރޯލް ކޮމިޝަން ވުޖޫދުވިފަހުން، އެ ކޮމިޝަނުން ބަލާ ދެވަނަ މައްސަލަ އެވެ. މީގެ ކުރިން ކޮންޓްރޯލް ކޮމިޝަނުން ވަނީ އަދަދު އިން ގެނެސްދިން ސިޔާސީ ކާޓޫނެއްގެ މައްސަލައިގައި، ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލަން އަންގައިފަ އެވެ.
އެ އެންގުން އެންގުމުގެ ބާރު ގާނޫނުން ކޮންޓްރޯލް ކޮމިޝަނަށް ލިބިދީފައި ނުވާތީ، އަދަދުން ވަނީ އެ އެންގުން ބާތިލު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ