ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ވަޑައިގެންފި އެވެ.
މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވިތާ 24 ގަޑިއިރު ފާއިތުވާން ކައިރިވެފައިވާއިރު، ސަރުކާރުން އެކަން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް، މީގެ ކުރިން އެމަނިކުފާނު އަތޮޅުތެރެއަށް ވަޑައިގެންނެވިޔަސް އެ ދަތުރުފުޅުތަކުގެ މައުލޫމާތު ރައީސް އޮފީހުން ގަވާއިދުން އާންމުކުރެ އެވެ.
މުއިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ސަރުކާރުގެ ތަރުޖަމާނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
އެކަމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްއާ މެސެޖު މެދުވެރިކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.
އެހެންކަމުން، މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ކޮން ބޭނުމެއްގައި ކަމެއް އަދި، ކޮންކަހަލަ ދަތުރެއްގައި ކަމެއް ނޭނގެ އެވެ.
ކުއްލި ގޮތަކަށް މުއިއްޒު ސިންގަޕޫރަށް ރޭ ވަޑައިގެންނެވިއިރު، ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހޯމަ ދުވަހު އެ ގައުމަށް އެމަނިކުފާނު ފުރާވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ.
މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވި ހަބަރު، ރައީސް އޮފީހުން ސިއްރު ކޮށްފައިވާއިރު، މީގެ ކުރިން ވެރިކަން ކުރެއްވި ބޭބޭފުޅުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތު ގަވާއިދުން އާންމުކުރެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގައި، ސަބަބު ސިއްރު ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގައި، ސަބަބު ސިއްރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ