ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ކުނިނެގުމުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ބުނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން، މިމަހު 8 ވާ އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލެ ސަރަހައްދުގައި ކުނި ނަގާ ވަގުތައް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، ގެނެސްފައިވާ ބަދަލުތަކަކީ؛
• 8 ފެބްރުއަރީ އިން ފެށިގެން ހަ ރޯދަ ނިމެންދެން ހުޅުމާލޭ ގޭބީސީ ތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން 2:30 އަށް
• 8 ފެބްރުއަރީ އިން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބީސީ ތަކުން ކުނި ނަގާނީ ރޭގަނޑު 20:30 އިން 2:00 އަށް
• މުލަ ރޯދައިން ފެށިގެން ހަ ރޯދަ ނިމެންދެން ވިލިމާލޭ ގޭބީސީ ތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން 1:00 އަށް
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.
ރޯދަމަހާ ދިމާކޮށް ވެމްކޯއިން ކުނިނެގުމުގެ ޚިދުމަތް ދޭ ވަގުތައް ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ