ޖުމުލަ 304 ދުވަހުގެ މެދުކެނޑުމަކަށް ފަހު ރައީސް މުހައްމަދު މުއިއްޒު މާދަމާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ. މިއީ މެއި 3، 2025 ގެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ސީދާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މާޗު 2 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ، މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.
ރަސްމީ ދަތުރެއްގައި ނުވަތަ ހާއްސަ ބައްދަލުވުމެއް ކުރިމަތިނުވާހާ ހިނދަކު މި ބައްދަލުވުންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު ގިނަ ފާޑުކިޔުންތަކެއް ސަރުކާރާއި އެ މަނިކުފާނަށް އަމާޒުވެފައިވެ އެވެ. އަދި އެ މަނިކުފާނުގެ ގިނަ ވައުދުތަކެއް ނުފިއްދި ލަސްވަމުންދާކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
މި ޕްރެސް ކޮންފަރެންސް މީޑިއާތަކުންނާއި ރައީސް އޮފީހުގެ ސޯޝަލް މީޑިއާއިން ލައިވްކުރާނެ އެވެ.
304 ދުވަހަށް ފަހު މުއިއްޒު މާދަމާ ނޫސްވެރިންނާ ބައްދަލުކު ރައްވަނީ 304 ދުވަހަށް ފަހު މުއިއްޒު މާދަމާ ނޫސްވެރިންނާ ބައްދަލުކު ރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ