ކަލްކަތާ (މާޗް 2) - ސަންޖޫ ސެމްސޮން ދެއްކި މޮޅު ކުޅުމާ އެކު، ފަސް ވިކެޓުން ވެސްޓް އިންޑީސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި މެޗަށް ނުކުތްއިރު، އިންޑިއާ އާއި ވެސްޓް އިންޑީސް އިން ކުޅެގެން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ އޮތީ ހުޅުވިފަ އެވެ. އިންޑިއާ އިން ސެމީ އަށް ދަތުުރުކުރިިއިރު، ފައިނަލުގެ ޖާގައެއް ހޯދަން ކުޅެން ޖެހޭނީ އިންގްލެންޑާ އެވެ. އަދި، އަނެއް ސެމީ ފައިނަލުގައި، ދެކުނު އެފްރިކާ އިން ނިއު ޒީލެންޑާ ބައްދަލުކުރާނެ އެވެ.
ކަލްކަތާގެ މަޝްހޫރު އެޑެން ގާޑެންސްގައި ކުޅުނު މި މެޗުގައި އިންޑިއާ އަށް ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ވެސްޓް އިންޑީސް އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 195 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 25 ބޯޅައިން 40 ލަނޑު ހެދި ރޮސްޓޮން ޗޭސް އެވެ. ޖޭސަން ހޯލްޑާ އާއި ރޮވްމަން ޕަވެލް ވަނީ ރަނގަޅު ޕާޓްނާޝިޕެއް ހަދައިފަ އެވެ. ނުބައިނުވެ ދެ ކުޅުންތެރިން ވަނީ، 81 ލަނޑުހަދައިފަ އެވެ. މި އިނިންސްގައި އިންޑިއާގެ ޖަސްޕްރީތު ބުމްރާ، ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އިން ނަތީޖާ އަނބުރާލީ، 19.2 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވިއިރު، 199 ލަނޑު ހަދައިގެންނެވެ. ސެމްސޮން ވަނީ ނުބައިނުވެ، 50 ބޯޅައިން 97 ލަނޑު ހަދައިފަ އެވެ. ތިލަކް ވަރުމާ 17 ބޯޅައިން 27 ލަނޑު ހެދިއިރު، ފަހުކޮޅުގައި، ޝިވަމް ދޫބޭ ކުޅެން އަރައި، ނުބައިނުވެ، ހަތަރު ބޯޅައިން އަށް ލަނޑު ހެދި އެވެ.
ސެމްސޮންގެ މޮޅު ކުޅުމާ އެކު ޓީ20 ވޯލްޑް ކަޕް ސެމީގެ ފަހު ޖާގަ އިންޑިއާ އަށް ސެމްސޮންގެ މޮޅު ކުޅުމާ އެކު ޓީ20 ވޯލްޑް ކަޕް ސެމީގެ ފަހު ޖާގަ އިންޑިއާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ