އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މައި މަރުކަޒު، އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ ހަލާކުކޮށްލައިފިކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ހާމަކޮށްފި އެވެ.
ޓްވިޓާގައި ސެންޓްކޮމްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާއަކީ އެމެރިކާ ކަމަށާއި، މި ހަމަލާއާ އެކު އައިއާރުޖީސީގެ ހެޑްކުއާޓާސްއެއް މިހާރު ނުހުންނާނެ ކަމަށެވެ. މިއީ އެ ޖަމާއަތުގެ ބާރު ކަނޑުވާލުމަށް ދިން ވަރުގަދަ ހަމަލާއެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެއެވެ.
ސެންޓްކޮމްއިން ބުނި ގޮތުގައި ވޭތުވެދިޔަ 47 އަހަރު ތެރޭގައި އައިއާރުޖީސީން ވަނީ 1,000 އަށްވުރެ ގިނަ އެމެރިކާ ރައްޔިތުން މަރާލާފައެވެ.
ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވޭއިރު، މިއީ އިރާނުގެ އަސްކަރީ ގާބިލިއްޔަތަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދެމުންދާއިރު ރައްދުގައި އިރާނުން ދަނީ އިޒްރޭލަށް އަދި އަރަބި ބައެއް ގައުމުތަކަށް ހަމަލާ ދެމުންނެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ މައި މަރުކަޒު ހަލާކުކޮށްލައިފި ކަމަށް އެމެރިކާއިން ބުނެފި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ މައި މަރުކަޒު ހަލާކުކޮށްލައިފި ކަމަށް އެމެރިކާއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ