މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 13:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ނިޔާވެފައި ވަނީ ގަހާކޯޅި / ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ