މިދިޔަ އަހަރު ވެސް އެންމެ ގިނައީ ވައްކަން؛ ގެވެށި އަނިޔާ %18 އިތުރު

މިދިޔަ އަހަރު ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް އެންމެ ގިނަ އަދަދަކަށް ހުށަހެޅީ ވައްކަމުގެ މައްސަލަތައްކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އަދި ގެވެށި އަނިޔާ އާއި ޖިންސީ ކުށްތައް ނިސްބަތުން އިތުރުވެފައިވެ އެވެ،
ވީ ކިހިނެއް؟ - ފުލުހުންގެ ވެބްސައިޓުގައި މިހާރު ފެންނަ ހުރި މުޅި އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، 2021 އިން ފެށިގެން މިދިޔަ ހަ އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ އަދަދަކަށް އެ މުއައްސަސާ ރިޕޯޓުކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
ތަފްސީލު -  މިދިޔަ އަހަރު އެކަނި ވައްކަމުގެ 3،400އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ 2024 ވަނަ އަހަރު ހުށަހެޅި 3،700އެއްހާ މައްސަލަތަކާ އަޅާބަލާއިރު %8ގެ މަދުވުމެކެވެ.
އޭގެ އިތުރުން:
ފޭރިގެން ރިޕޯޓު ކުރި މައްސަލަތައްވެސް މިދިޔަ އަހަރާއި 2024 އަހަރާ އަޅަ ބަލާއިރު ބޮޑު ތަނުން ވަނީ ދަށްވެފައި
އެގޮތުން، މިދިޔަ އަހަރު ފޭރުމުގެ 231 މައްސަލަ ހުށަހެޅިއިރު، 2024ގައި ހުށަހަޅާފައި ވަނީ 506 މައްސަލަ 
މިދިޔަ އަހަރާއި 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ބޮޑު ފަރަގެއް ފެންނަނީ ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ކުށްތަކުގެ މައްސަލަތަކުންެވެ. 
މިދިޔަ އަހަރު ގެވެށި އަނިޔާގެ 301 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު ރިޕޯޓުކޮށްފައި ވަނީ 255 މައްސަލަ އެވެ. އެހެންކަމުން، ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރި މިންވަރު ވަނީ %45 އިތުރުވެފަ އެވެ.
ދެން ފާހަގަކޮށްލެވޭ ބައެއް ތަފާސްހިސާބުތައް:
ވައްކަން ނެގުމަށް ފަހު، މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ހުށަހެޅި އެކްސިޑެންޓުގެ މައްސަލަތައް؛ އެގޮތުން 2025ގައި 3،000އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، 2024ގައި ރިޕޯޓުކުރީ 2،800އެއްހާ މައްސަލަ
ތިންވަނައަށް ލިސްޓުގައި އޮތީ ޑްރަގު މައްސަލަތައް؛ އެ ބާވަތުގެ 2،000އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2024ގައި އެ އަދަދު ހުރީ 1،600ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ