އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ.ރަމީލާ އައްޔަނުކުރުން ކޮމެޓީއަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަނުގެ މެންބަރު ޑރ. އައިޝަތު ރަމީލާ އައްޔަނުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެގޮތުން އެ މަގާމަށް ޑރ ރަމީލާ އައްޔަނު ކުރެއްވުމަށް އެދި ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ އިއްވާފައެވެ.
އަދި މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވާފައެވެ.
ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެފަހުން އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަނުކިރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ