ބާރަ އަހަރުގެ ޔޫސުފާއެކު ހާފިޒުންގެ އަދަދު 291 އަށް، ރޯދައިގެ ކުރީން 300 އަށް

އުމުރުން އެންމެ 12 އަހަރުގެ ޔޫސުފް ބިން މާޒިން ވަނީ ކީރިތި ގުރުއާން ހިތުން ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްފަ އެވެ.
ރ. އިނގުރައިދޫއަށް ނިސްބަތްވާ އެ ރަށު އުދަރެސް, ޔޫސުފް ބިން މާޒިން ކީރިތި ގުރުއާން ހިތުން ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރުމާއެކު ދިވެހި ހާފިޒުންގެ އަދަދު 291 އަށް އެރީ އެވެ. ޔޫސުފްގެ އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިނިސްޓަރު ޝަހީމް ވަނީ ޔޫސުފްއާ އޭނާގެ މައިންބަފައިންނާއި ބައްދަލު ކުރައްވާފަ އެވެ.
ހަނދާނީ ހަދިޔާއެއް ދިނުމުގެ އިތުރުން ޔޫސުފްގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ މިނިސްޓަރު ވަނީ ހިތްވަރު ދެއްވާފަ އެވެ.
ގުރުއާން ހިތުން ދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރެއް --
ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ވެސް އިތުރު ނުވަ ދަރިވަރަކު ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވި ގޮތުގައި ރޯދަ މަހުގެ ކުރީން ދިވެހި ހާފިޒުންގެ އަދަދު 300 އަށް އަރާނެ އެވެ. ރޯދަ މަސް ފެށޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.
ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބޭއްވުމަށް ނިންމާ އެގޮތަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ.
ގުރުއާން ހިތުން ދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރެއް --
އެގޮތުން ރަމަޟާން މަހުގެ 27 ވިލޭރޭ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ދަނީ ބާއްވަމުންނެވެ. މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވަނީ 24 ހާފިޒަކު ދަސްވެނިވެފަ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި އަހަރު އެ އަދަދު އިތުރުވާނެ އެވެ.
އެގޮތުން މި އަހަރުގެ ރަސްމިއްޔާތުގައި 30 ހާފިޒަކު ދަސްވެނިވާނެ އެވެ. އޭގެ ތެރޭގައި ގިނަވާނީ ޒުވާނުންނެވެ. ނުވަތަ ސުކޫލު ދަރިވަރުންނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ. އަދި ހާފިޒުންނަށް ހައްގު މަގާމު މި ސަރުކާރުން ދޭނެ އެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑުކުރުމެވެ. މިހާރު ކޮންމެ ހާފިޒަކަށް މަހަކު 4,000 ރުފިޔާގެ އެލަވަންސްއެއް ދެ އެވެ.
ގުރުއާން ހިތުން ދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރެއް --
ހާފިޒުން އިތުުރުކުރުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ކުރެވި މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް މިނިސްޓަރަށް އެބަ އޮތެވެ.
ގުރުއާން ހިތުން ދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރެއް --
އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުރުއާން ހިތުދަސްކުރާ މީހުން / ކުދީންގެ އަދަދު އިތުރުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ މީހުން / ދަރިވަރުން ދަނީ ގުރުއާން ހިތު ދަސްކުރަމުންނެވެ. މިއީ ތާރީހީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމުގައި ވިދާޅުވި އެވެ.
ގުރުއާން ހިތުން ދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރެއް --
އޭގެ ތެރޭގައި ވަރަށް ކުޑަކުދީންނާއި ޒުވާނުން ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ