ގާސިމް އިބްރާހިމް އަށް ބިމެއް ދިނުމަށްޓަކައި، ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެއް ސްކޫލް ކަމަށްވާ ޣިޔާޒުއްދީން ސްކޫލް އުވާލައި، އެތަން ހުސްކުރަން ސަރުކާރުން ނިންމައިފި

ގާސިމް އިބްރާހިމް އަށް ބިމެއް ދިނުމަށްޓަކައި، ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެއް ސްކޫލް ކަމަށްވާ ޣިޔާޒުއްދީން ސްކޫލް އުވާލައި، އެތަން ހުސްކުރަން ސަރުކާރުން ނިންމައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މި ގޮތަށް މިކަން ނިންމާފައި ވަނީ، މުއިއްޒު ވެރިކަމަށް އައުމަށް ގާސިމް ކުރި ތާއީދުގެ ބަދަލުގައި ގާސިމަށް ދޭން ކޮށްދޭން ނިންމި ކަންކަމުގެ ތެރޭގައި ޣިޔާޒުއްދީން ސްކޫލް ހުރި ބިން ގާސިމަށް ދިނުން ހިމެނިފައި ވާތީއެވެ.
ގާސިމް އެންމެ ފުރަތަމަ ބޭނުންވި ބިމަކީ، މާލޭގެ ޖަލު ހުސްކުރި ތަނެވެ. ނަމަވެސް އެތަން ދިނުމުގެ ބަދަލުގައި، މާލެއިން ބޮޑު ބިމެއް މުއިއްޒު ދޭން މިނިއްމީ ރާއްޖޭގައި ހިނގާ އެންމެ ރަނގަޅު ސްކޫލް އުވާލުމަށް ފަހުއެވެ. ޣިޔާޒުއްދީން ސްކޫލް ބަންދު ކުރާ ކަމުގެ މައުލޫމާތު އެ ސްކޫލުން މިހާރު ވަނީ ބެލެނެވެރިންނަށްވެސް އަންގާފައެވެ. މި ގޮތަށް އަންގާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީއިން އެކަން ކުރުމަށް އަންގައިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ގާސިމަށް މިބިން ދިނުމަށް ޓަކައި ސަރުކާރުން ދައްކާ އުޒުރަކީ، އެއީ ކިޔަވާ ކުދިން ތިބޭ ވަރަށްވުރެ ބާ ތަނެއް ކަމުގެ އުޒުރެވެ. މި ގޮތުން އިމާރާތުގައި ރެނދު ހުރިކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
އެ ސްކޫލް ހިންގާ ބޭރު ކުންފުނިން، ވަނީ އެގްރިމެންޓް އާ ކުރުމަށް ސަރުކާރަށް ހުށައަޅާފައެވެ. ނަމަވެސް ގާސިމްގެ ނުފޫޒުން އެކަން ކުރިއަށް ގޮސްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މި ސްކޫލް މިހާރު އުވާލުމަށްފަހު ދަރިވަރުންތައް އެހެން ސްކޫލް ތަކަށް ބަހާލާނެ ކަމަށް ސަރުކާރުން ވަނީ ބެލެނެވެރިންނަށް އަންގާފައެވެ.
ގިނަ އަދަދެއްގެ ބެލެވެރިން ދަނީ މިކަމާއި ދެކޮޅު ހަދަމުންނެވެ. ނަމަވެސް، ދިވެހި ސަރުކާރަށް ގާސިމަށް މި ބިން ދިނުން ކޮންމެހެން ވަނީ މުހިންމު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ