ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް؛ އުތުރަށް ރީނދޫ ސަމާލު ނެރެފި!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ ސަމާލު ނެރެފިއެވެ. 
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ، ހއ އަތޮޅުން ފެށިގެން ބ އަތޮޅަށެވެ. އެ ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދުގެ 12:45 އިން މެންދުރު 17:00 އަށެވެ. 
މެޓް އޮފީހުން ބުނީ، އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން މ އަތޮޅަށް މިއަދު 10:30 އިން 16:30 ހުދު ސަމާލު ނެރެފައެވެ. 
މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.  
އުތުރަށް ހުޅަގާއި ހުޅަނގު އުތުރުން އަދު އެހެން އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. 
އަދި ކަނޑުތައް އާދައުގެ ވަރަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެޗެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ