މޫސުން ގޯސްވެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅުގައި ހިމެނޭ ރަށްތަކަށެވެ.
އެ އޮފީހުން ބުނީ މި ސަރަހައްދަށް މިއަދު މެންދުރު 13:30 އިން މިރޭ 19:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރާކަމަށެވެ.
ކުރިއަށް އޮތް 48 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރުމާއިއެކު، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ ދެ މޫސުންބެދޭ ވިއްސާރަ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ