ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ސްޕޯޓްސް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އެ 24 މަޝްރޫއުގެ ތެރެއިން 13 މަޝްރޫއު ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާ އެވެ. އާރްޑީސީއާ ހަވާލުކުރީ 11 މަޝްރޫއެކެވެ.
އާރްޑީސީއާ ހަވާލުކުރީ ފަސް އައުޓްޑޯ ޖިމާއި، ތިން ފުޓުބޯޅަ ދަނޑެއްގެ ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް އަދި ލައިޓް ހަރު ކުރުމަށެވެ. އޭގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލް ދަނޑަކާއި، ފ. ބިލެތްދޫ ފުޓުބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރު ކުރުމަށް ވެސް އާރްޑީސީއާ ހަވާލުކުރި އެވެ.
ސްޕޯޓްސް މިނިސްޓްރީން ފެނަކައާ 13 މަޝްރުއެއް ހަވާލުކުރުން -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ނަމަވެސް އާރްޑީސީން މަޝްރޫއުތައް ހިންގާ ގިނަ ރަށްތައް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ފެނަކައާ ހަވާލުކުރީ ރ. އަތޮޅު، ކ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅުގެ ބައެއް ރަށްތަކުގައި މަޝްރޫއު ހިންގުމަށެވެ. އެއީ ކޮން ރަށްތަކެއްކަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ފެނަކައިން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ހަތަރު އައުޓްޑޯ ޖިމާއި، ތިން ފުޓްސަލް ދަނޑާއި، ދެ ހޭންޑްބޯލް ކޯޓާއި، ދެ އައުޓްޑޯ ވޮލީ ކޯޓުގެ އިތުރުން ދެ ފުޓުބޯޅާ ދަނޑެއްގެ ވަށާފާރާއި ފެންސް އަދި ލައިޓް ހަރުކުރުމެވެ.
ސްޕޯޓްސް މިނިސްޓްރީން 24 މަޝްރޫއެއް ފެނަކަ އާއި އާރްޑީސީއާ ހަވާލުކުރިއިރު އެ މަޝްރޫއުތަކަށް ހިނގާނެ ހަރަދެއް ވެސް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ފެނަކަ އާއި އާރްޑީސީއާ ހަވާލުކޮށްފި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ފެނަކަ އާއި އާރްޑީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ