މޫސުން ގޯސްވެ 10 އަތޮޅަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް 10 އަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ އުތުރުގެ އަތޮޅުތަކަށާއި މެދު އަތޮޅުތަކަށެވެ. އެއީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށެވެ. އެއީ 10 އަތޮޅެވެ.
އެ އޮފީހުން ބުނީ މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 9:30 ގެ ނިޔަލަށް ކަމަށެވެ. މި ވަގުތުތަކުގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެކެވެ. ހުޅަނގު މޫސުމުގެ ގަދަ ލައިގަނެ މިދިޔަ ހަތަރު ދުވަހަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްތަކެކެވެ. މާލެ ސަރަހައްދަށް ވެސް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި އެވެ. ވައި ގަދަވެ އާންމުންގެ މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުން ވެސް ވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ